މާފުށީ ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އަމީނުލް އިސްލާމް (29 އަހަރު)، މިއަދު، 21 އޭޕްރިލް 2023 ގައި ނިޔާވެފައިވާކަމަށް ކަރެކްޝަންސްއިން ބުނެފިއެވެ.
ކަރެކްޝަންސްއިން ބުނެފައިވަނީ، ހެނދުނުގެ ސައިވަގުތު ނުހޭލާ އޮތުމާ ގުޅިގެން އޭނާއަށް ގޮވަން އުޅުމުން އެއްވެސް ހަރަކާތެއް ނުކުރާތީ، އޭނާ ވަނީ އެމަޖެންސީގައި މާފުށީ ހެލްތް ސެންޓަރަށް ގެންގޮސްފައި ކަމުގައެވެ. އެހެންނަމަވެސް، އަމީނުލް ނިޔާވިކަމަށް މިއަދު 2:10 ގައި ޑޮކްޓަރު ކަނޑައަޅާފައިވާކަމަށްވެސް ކެރެކްޝަންސްއިން ބުނެފައި ވެއެވެ. މާފުށީ ހެލްތް ސެންޓަރާ ހަވާލާދީ ކަރެކްޝަންސްއިން ބުނެފައިވަނީ އޭނާ މަރުވެފައިވަނީ ހިތް ހުއްޓިގެން ކަމުގައެވެ.
އަމީނުލް އިސްލާމްއަކީ ބަދްއަޙްލާޤީ އަމަލު ހިންގުމާ ގުޅިގެން 7 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛްކުރަމުން ދިޔަ މީހެކެވެ. އަދި އޭނާއަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ނޫނެވެ.
އޭނާ މާފުށީ ހެލްތް ސެންޓަރަށް ގެންދިއުމާ ގުޅިގެން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާކަމަށްވެސް ކަރެޝަންސްއިން ބުނެއެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ބޭރު މީހުންގެ ދިވެހިންވެސް ފާއިތުވެދިޔަ ތަނުގައި އެކި ސަބަބުތަކާހެދި ނިޔާވެފައި ވެއެވެ. މީގެ ތެރޭގައި މާފުށީ ޖަލު ބަހައްޓާ ފަރާތްތަކުގެ އިހުމާލުން ހިގާފައިވާ މަރުގެ ހާދިސާތައްވެސް ހިމެނެއެވެ.