ސައުދީ އަރަބިއާއަށް ފިޡުރު އީދު ދުވަހަކީ މާދަމާ

ސައުދީ އަރަބިއާއަށް ފިޡުރު އީދު ދުވަހަކީ މާދަމާ

Author
ހުސެއިން
20 އޭޕްރިލް 2023 08:48
0

ސައުދީ އަރަބިއާއަށް މިއަހަރު ފިޡުރު އީދު ދުވަހަކީ އެޕްރިލްމަހުގެ 21 ވާ ހުކުރު ދުވަސްކަމުގައި ހަމަޖައްސައިފިއެވެ.

ސައުދީ އަރަބިއާގެ މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ފެނިފައިވާތީ، ރަސްކަމުގެ ސުޕްރީމް ކޯޓުން އިއުލާން ކޮށްފައިވަނީ އެގައުމަށް މިއަހަރުގެ ފިތުރު އީދު ދުވަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމުގައެވެ.

ފިތުރު އީދު ދުވަހަކީ މުސްލިމުން، ބަރަކާތްތެރި ރަމަޟާންމަސް ނިމުމުގެ އުފާ ފާޅުކޮށް، ފާހަގަކުރާ ޚާއްސަ ދުވަހެކެވެ. އަދި މި ދުވަހަކީ ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ އިތުރުން، އީދުގެ ތަހުނިޔާ ބަދަލުކުރުމާއި އާއިލީ އަދި ރަހުމަތްތެރިންގެ ގޭގެއަށް ޒިޔާރަތްކުރުމުގެ އާދަ މުސްލިމުން ދަމަހައްޓަމުންދާ މުނާސަބާއެއްވެސް މެއެވެ.

މިއަހަރުގެ ކަލަންޑަރުގައި ވާގޮތުން ދިވެހިރާއްޖެއަށް އީދުވަނީ މާދަމައަށެވެ. އެހެންނަމަވެސް ރާއްޖެއަށް އީދު ދުވަހަކީ ކޮން ދުވަހެއްކަން ނިންމާނީ ހަނދު ސާބިތު ކުރުމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބާއްވާ ބައްދަލުވުމަށް ފަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.