މާޒީގެ ކަންކަން ބަލަން ޤާނޫނު ހަދާއިރު އިހަކަށް ދުވަހު ހިނގި ވައްކަމާއި، މަރުތައް ނުބެލުނު: އަލްހާން

މާޒީގެ ކަންކަން ބަލަން ޤާނޫނު ހަދާއިރު އިހަކަށް ދުވަހު ހިނގި ވައްކަމާއި، މަރުތައް ނުބެލުނު: އަލްހާން

Author
މުޙައްމަދު ޝަޒައިމް
30 ނޮވެމްބަރ 2020 08:58
0

ރާއްޖޭގެ ފާއިތުވެދިޔަ ދިގު މާޒީގައި ހިނގައިދިޔަ ކަމަށްބުނާ ލާއިންސާނީ އަމަލުތައް ބެލުމަށް މަޖިލީޖހުން ޤާނޫނު ހަދާއިރު ދާދި އިހަކަށް ދުވަހު ރާއްޖޭގައި ހިނގައިދިޔަ ލާއިންސާނީ އަމަލުތަކާއި، މަރުތަކާއި، ވައްކަމަށް އަދާއިހަމަޔަށްވެސް އިންސާފު ހޯދިފައި ނުވާކަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރުގެ މަޤާމަށް ކުރިމަތިލައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު އަހަރު 1953 އިން ފެށިގެން، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލުމަށް އިންތިޤާލީ އިންސާފުގެ ނަމުގައި އިއްޔެވަނީ މަޖިލީހުން ޤާނޫނެއް ފާސްކޮށްފައެވެ. މި ޤާނޫނާއި ގުޅޭގޮތުން އަލްހާން ވިދާޅުވީ މިފެންނަކީ ރައްޔިތުންނަށް ވެފައިވާ ވައުދު ތަންފީޒު ނުވުމުން އެކަންކަން ފަސް އަޅައި އޮއްބާލަން އުޅޭތަން ކަމަށެވެ.

ދާދި އިހަކަށްދުވަހު ރާއްޖޭގައި ހިނގައިދިޔަ ގޮތްނޭގޭ މަރުތަކާއި، ވައްކަމުގެ މައްސަލަތަކަކީ ޤާނޫނު ހަދައި، ޤާނޫނީ ބާރުވެރިކަން ދީގެންވެސް ބެލިފައިނުވާ މައްސަލަ ތަކަކަށްވާއިރު، އަނެއްކާވެސް އިތުރު ޤާނޫނުތަކެއް ހަދައިގެން އަނދިރިއަނދިރިންނާއި ޝަމްސުއްދީނު ޒަމާނުއްސުރެ ހިންގި އަނިޔާ އާ ބޭއިންސާފު ބެލިދާނެކަމީ ރައްޔިތުންގެ ހިތުގައި މިއަދު ސުވާލު އުފެދޭ ކަމެއްކަމަށް އަލްހާން ވިދާޅުވިއެވެ.

އަނދިރިއަނދިރިންނާއި ޝަމްސުއްދީނު ޒަމާނުއްސުރެ ހިންގި އަނިޔާ އާ ބޭއިންސާފު ބަލާ ތަހުގީގުކުރުމަށްކަމަށް ބުނެ ޤާނޫނު ހަދާ މީހުންނަށް، ދާދި އިހަށްދުވަހު ކުރި ވައްކަމާ އަނިޔާއާ ވަކިވަކިން ތަހުގީގުކޮށް ހަގީގަތް ހާމަކުރާނެ ކަމަށްބުނި މަރުތަކާ ގެއްލުނު މީހުންނަށް ވީގޮތެއްވެސް ނުބެލުނު.

– އަލްހާން ވިދާޅުވިއެވެ.

އިންތިގާލީ އިންސާފުގެ ބިލު ފުރަތަމަ ހުށައެޅީ 2012 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމަށް އިންސާފު ހޯދައި ދިނުމަށް ބިލުގައި ހިމަނައިގެންނެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި ގިނަ އިޞްލާހުތަކެއް ގެނެސް މިހާރު ކޮމިޓީން ނިންމާފައިވަނީ 1953 ވަނަ އަހަރުން ފެށިގެން 17 ނޮވެންބަރު 2018 އަށް ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލޭނެ ގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.