ހިންމަފުށީ ދެ ލޯންޗުގައި ރޯވެ އަނދައިފި

ހިންމަފުށީ ދެ ލޯންޗުގައި ރޯވެ އަނދައިފި

Author
މުޙައްމަދު ޝަޒައިމް
20 އޭޕްރިލް 2023 08:34
0

ކ. ހިންމަފުށީގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ ލޯންޗެއް އަނދައި ހުލިވެއްޖެއެވެ.

ފުލުހުން ބުނީ ހިންމަފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިރޭ އިރުއޮއްސި 6:35 އެހާކަށް ހާއިރު ކަމަށެވެ.

އެ ހާދިސާގައި ފުރަތަމަ ރޯވި ލޯންޗާ ޖެހިގެން އޮތް އެހެން ލޯންޗެއްގައި ވެސް ރޯވެ، ދެ ލޯންޗު ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ ހާދިސާ ތަހުގީގުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.