މެލޭޝިއާއަށް ފިޡުރު އީދު ދުވަހަކީ ހޮނިހިރު ދުވަސް

މެލޭޝިއާއަށް ފިޡުރު އީދު ދުވަހަކީ ހޮނިހިރު ދުވަސް

Author
ހުސެއިން
20 އޭޕްރިލް 2023 05:54
0

މެލޭޝިއާއަށް މިއަހަރު ފިޡުރު އީދު ދުވަހަކީ އެޕްރިލްމަހުގެ 22 ވާ ހޮނިހިރު ދުވަސްކަމުގައި ހަމަޖައްސައިފިއެވެ.

މެލޭޝިއާގެ ދީނީ ކަންކަމާބެހޭ ކޮމިޓީން އިއުލާން ކޮށްފައިވާ ގޮތުގައި މިއަދުގެ އިރު އޮއްސުނުއިރު ޝައްވާލްމަހުގެ ހަނދު ފެނިފައި ނުވާތީ އެގައުމަށް މިއަހަރުގެ ފިތުރު އީދު ދުވަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޮނިހިރު ދުވަސް ކަމުގައެވެ.

ފިތުރު އީދު ދުވަހަކީ މުސްލިމުން، ބަރަކާތްތެރި ރަމަޟާންމަސް ނިމުމުގެ އުފާ ފާޅުކޮށް، ފާހަގަކުރާ ޚާއްސަ ދުވަހެކެވެ. އަދި މި ދުވަހަކީ ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ އިތުރުން، އީދުގެ ތަހުނިޔާ ބަދަލުކުރުމާއި އާއިލީ އަދި ރަހުމަތްތެރިންގެ ގޭގެއަށް ޒިޔާރަތްކުރުމުގެ އާދަ މުސްލިމުން ދަމަހައްޓަމުންދާ މުނާސަބާއެއްވެސް މެއެވެ.

މިއަހަރުގެ ކަލަންޑަރުގައި ވާގޮތުން ދިވެހިރާއްޖެއަށް އީދުވަނީ މާދަމައަށެވެ. އެހެންނަމަވެސް ރާއްޖެއަށް އީދު ދުވަހަކީ ކޮން ދުވަހެއްކަން ނިންމާނީ ހަނދު ސާބިތު ކުރުމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބާއްވާ ބައްދަލުވުމަށް ފަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.