މުއިއްޒަށް ކެމްޕޭ ކޮށްދޭކަމުގެ ތުހުމަތާއެކު ކައުސިލަރ ރަމީޒުގެ މައްސަލަ ސުލޫކީ ކޮމިޓީއަށް

މުއިއްޒަށް ކެމްޕޭ ކޮށްދޭކަމުގެ ތުހުމަތާއެކު ކައުސިލަރ ރަމީޒުގެ މައްސަލަ ސުލޫކީ ކޮމިޓީއަށް

Author
ހުސެއިން
18 އޭޕްރިލް 2023 08:58
0

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އިދިކޮށް ޕީޕީއެމްގެ ޓިކެޓްގައި ނިކުތުމަށް މާލޭ ސިޓީގެ ކައުސިލަރ އާދަމް ރަމީޒު މޭޔަރު މުއިއްޒުއަށް ކެމްޕޭން ކޮށްދޭ މައްސަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލަ ފަށައިފިއެވެ.

މި މައްސަލާގައި ރަމީޒް ސުލޫކީ ކޮމިޓީއަށް މިއަދު މެންދުރު ހާޒިރުކޮށް ވަނީ ބަޔާންވެސް ނަގާފައެވެ. ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކު ހުންނަވަނިކޮށް އެހެން ފަރާތަކަށް ކެމްޕޭން ނުކުރާކަމަށް ހެކިބަސް ދެއްކެވުމަށް ރަމީޒުވަނީ ޕީޕިއެމްގެ ބައެއް ސެނެޓަރުން ސުލޫކީ ކޮމިޓީއަށް ހުށަހަޅުއްވާފައެވެ.

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕުން ސުލޫކީ ކޮމިޓީއަށް ހުށަހެޅުނު މިމައްސަލާގައި ސުލޫކީ ކޮމިޓީން ރަމީޒާއި ކޮށްފައިވާ ސުވާލަކީ ޔާމިންގެ ކެނޑިޑަސީއަށް އަސަރު ކުރާގޮތަށް ޕީޕީއެމްގެ ސެނެޓަރުންނާއި ވާހަކަ ދައްކާ އަދި އެކި ތަންތަނުގައި ވާހަކަ ދައްކާތޯއެވެ. އެހެންނަމަވެސް ރަމީޒު މި ތުހުމަތުތަކަށް އިންކާރު ކުރެއްވި ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި ރަމީޒުއާއި ދެކޮޅަށް ހެކިބަސް ދިނުމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އަދި ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއު މިރޭ 9:30 އަށް ސުލޫކީ ކޮމިޓީއަށް ހާޒިރު ވާނެއެވެ.

ޚަބަރު އޮންލައިންއާއި މައުލޫމާތު ހިއްސާކުރި ބައެއް ފަރާތްތަކުން ވިދާޅުވި ގޮތުގައި ރަމީޒު ސުލޫކީ ކޮމިޓީއަށް ހާޒިރު ކޮށްފައިވަނި، 11 އަހަރަށް ޖަލަށް ލާފައިވާ ޕީޕިއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމިންގެ ނޯޓަކުން އެމައްސަލަ ބެލުމަށް އަންގަވައިގެންނެވެ. އަދި ރަމީޒުގެ މައްސަލަ ސުލޫކީ ކޮމިޓީން ބެލި ނަމަވެސް، މިމައްސަލައިގެ ހަގީގީ އަމާޒަކީ މޭޔަރު މުއިއްޒު ޕީޕިއެމްގެ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ މުއިއްޒުގެ ފިޔަ ކޮށާލުން ކަމަށްވެސް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ޚަބަރު އޮންލައިނާއި މައުލޫމާތު ހިއްސާކުރަމުން ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލިބެ
މުއިއްޒު ތިކަމަށް ފައިނަގާތާ ކިތަންމެ ދުވަހެކެވެ. ޖަމީލުވެސް ދޯއެވެ.