ކޯވިޑް-19: އިތުރު 47 މީހަކު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: އިތުރު 47 މީހަކު ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
29 ނޮވެމްބަރ 2020 10:13
0

ރާއްޖެއިން އިތުރު 47 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ރޭ އިރުއޮއްސި 18:00 އިން މިރޭގެ އިރުއއްސި 18:00 އާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 46 މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި މީހެކެވެ. އަދި އެ 24 ގަޑިއިރުގެތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 121 މީހުންނެވެ. އެހެންކަމުން މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި 12،994 މީހުންގެ ތެރެއިން 11،902 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިއަދު 14 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ ބައްޔަށް ޓެސްޓްކުރުމަށް ނެގި 1،829 ސާމްޕަލުންނެވެ. އަދި ޖުމްލަ 242،889 ސާމްޕަލެއް ކޯވިޑް-19އަށް ޓެސްޓްކުރުމަށް މިހާތަނަށް ރާއްޖޭގައި ނަގާފައިވެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު ބައްޔަށް ފަރުވާދެމުން އަންނަނީ 1،039 މީހަކަށެވެ. ހޮސްޕިޓަލުގައި މިވަގުތު 94 މީހަކަށް ފަރުވާދެމުން އަންނައިރު މިހާތަނަށް ވަނީ 46 މީހަކު މިބަލީގައި ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.