ރޯދައާއި ސުވާލު: ރޯދަވެރިޔާއަށް ބޮޑު ދެ އުފަލެއް ވޭ! އެ ދެ އުފަލަކީ ކޮބާ؟

ރޯދައާއި ސުވާލު: ރޯދަވެރިޔާއަށް ބޮޑު ދެ އުފަލެއް ވޭ! އެ ދެ އުފަލަކީ ކޮބާ؟

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
13 އޭޕްރިލް 2023 07:40
0

ރޯދަވެރިޔާ އަށް ދެއުފަލެއް ވެއެވެ. އެއީ ރޯދަ ވިއްލާ ވަގުތުގައި އެލިބޭ އުފަލާއި، ﷲ ގެ ޙަޟްރަތާއި ބައްދަލުވާ ހިނދުގައި ލިބޭ އުފަލެވެ.

ރޯދަ ވިއްލާ ހިނދުގައި ލިބޭ އުފަލަކީ ހެޔޮކަމުގެ ތެރެއިން އެންމެ މަތިވެރި އެއް އަޅުކަން ކަމުގައިވާ ރޯދައިގެ މަތިވެރި އަޅުކަން ފުރިހަމަ ކުރުމުގެ އުފާވެރިކަމެވެ. ﷲ ގެ ޙަޟްރަތާއި ބައްދަލުވާ ހިނދު ލިބޭ އުފަލަކީ ރޯދަވެރިޔާ އަށް މާތް ﷲ ތައްޔާރު ކޮށް ދެއްވާފައިވާ މަތިވެރި ދަރުމަ އާއި ޘަވާބު ލިބުމެވެ. ގިޔާމަތް ދުވަހުގައި ހެޔޮކަންތަކަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ވަގުތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާނެއެވެ. "ރޯދަވެރިން ކޮބައި ހެއްޔެވެ؟ ރައްޔާނޭ ކިޔުނު ދޮރުކޮޅުން ރޯދަވެރިން ސުވަރުގެ ވަންނަ ހުއްޓެވެ. އެދޮރުކޮޅުން ރޯދަވެރިން ފިޔަވާ އެހެން ބަޔަކު ސުވަރުގެ ނުވަންނަ ހުއްޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.