އަމިއްލައަށް އިސްތިއުފާ ނުދޭނަމަ، އިތުބާރުނެތްކަމުގެ ވޯޓު ނަގާނެކަމުގެ އިންޒާރު!

އަމިއްލައަށް އިސްތިއުފާ ނުދޭނަމަ، އިތުބާރުނެތްކަމުގެ ވޯޓު ނަގާނެކަމުގެ އިންޒާރު!

ގުޅުންހުރި

ސަރުކާރުގައި ހިމެނޭ ބައެއް ވަޒީރުން އަމިއްލަފުޅަށް އިސްތިއުފާ ނުދޭނަމަ ނޯކޮންފިޑެންސް ވޯޓު ނަގަން ޖެހިދާނެކަމުގެ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީދު ކުރައްވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީން ވަނީ ވަކި ވާދަކުރަން ނިންމައި ކެމްޕެއިން ފަށުމަށް ތައްޔާރުވަމުންނެވެ. ޖޭޕީން ރިޔާސީ ރޭހަށް ވަމުންދާ ތައްޔާރީތަކުގައި ސަރުކާރުގެ ވަޒީރުންގެ ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ވަޒީރުންވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.

މިގޮތުން ފިޝަރީޒް މިނިސްޓަރ ޑރ.ހުސެއިންއާއި، ޓްރާސްޕޯޓް މިނިސްޓަރ ނަހުލާ ގެންދަވަނީ މިކެމްޕެއިންގެ އެކި ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ. މެމްބަރު ރާއީ ވިދާޅުވީ ވަޒީރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ސަރުކާރަށް ޖެއްސުން ކުރައްވާ ވަޒީރުންނަށް އޮތް ރީތި ގޮތަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުންކަމަށެވެ. ނޫންނަމަ، މަޖިލީހުގެ މިވަގުތް މެޖޯރިޓީގެ ބޭނުންކޮށްގެން ނޯކޮންފިޑެންސް ވޯޓު ނެގުނަމީ މުހިންމު ކަމެއްކަމަށެވެ.

މިވަގުތު ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން ރީތި ގޮތުގައި އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވައިފިނަމަ މިވަގުތަށް މަޖްލިސްގެ މެޖޯރިޓީ އޮވެމެ، ނޯ ކޮންފިޑެންސް ވޯޓް ނެގުމަކީ ނުހަނު މުހިއްމު ކަމެއް.

– ރާއީ ވިދާޅުވިއެވެ.

ރާއީ ވަނީ މީގެ ކުރިންވެސް ޖޭޕީގެ ވަޒީރުންނަށް މަޖިލީހުގައި ވާހަކަ ދައްކަވަމުންވެސް އިންޒާރު ދެއްވާފައެވެ. ރާއީ ވިދާޅުވެފައިވަނީ ކަންބަޅިތަކެއްހެން މަޖިލީހަށް ގެނެސް ވަކި ނުކުރަނީސް އަމިއްލައަށް އިސްތިއުފާދިނުމަކީ ރީތި ގޮތްކަމަށެވެ. ރާއީ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު ހިނގަމުންދާ ގޮތުން ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ސަރުކާރުގައި ތިބި ހުރިހާ ބޭފުޅުން މަޤާމުތަކުން ވަކިވާން ޖެހޭކަމަށެވެ. ރާއީ ވަނީ ސަރުކާރުގެ މަޤާމުތަކުގައިި ތިބި ޖޭޕީގެ ބޭފުޅުން މަޤާމުތަކުން އިސްތިއުފާ ނުދޭނަމަ މަޖިލީހަށް އެމީހުންގެ ނޯކޮންފިޑެންސް މައްސަލަތައް ވައްދައި މަޤާމުތަކުން ވަކި ކުރާނެކަމަށް ވިދާޅުވެފައެވެ.

މިވާހަތަކަށް ޖޭޕީގެ ލީޑަރު ޤާސިމް ވަނީ ރައްދުވެސް ދެއްވާފައެވެ. ޤާސިމް ވިދާޅުވީ ޖޭޕީން ސަރުކާރު ކޯލިޝަންގައި މަސައްކަތް ކުރަނީ އެއްބަސްވުމެއް އޮވެގެންކަމަށެވެ. މިއެއްބަސްވުމުގެ ތެރެއިން މިހާތަނަށް އަމަކު ކުރެވިފައިވަނީ ކިހާ މިންވަރަކަށްތޯ ބަލައިލުމަށްވެސް ޤާސިމް ވަނީ އެދިފައެވެ.

ޤާސިމް ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ޖޭޕީން ކުރި މަސައްކަތަށް ދިން އެއްޗެއް ދީފައިވަނީ އެއްބަސްވުމެއްގެ ތެރެއިންކަމަށެވެ. އެއެއްބަސް ވުމުގަިއ ޖޭޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމުމުން މަޤާމުތަކުން މީހުން ވަކިވާން ޖެހޭކަމަށް ބުނެފައި ނުވާކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ރިޔާސީ ނިޒާމާއި ބީރައްޓެހި، ރައްޔިތުންގެ ތާއިދު ނެތިގެން ކޯލިޝަން ހެދުމަކީ ރިޔާސީ ނިޒާމް ގަނޑުބަނޑުކުރުން ނޫންތޯ؟

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ