ވަކިވެގެން ދިޔައީ ހިތްހެޔޮ އެންމެންގެ އެކުވެރިއެއް

ވަކިވެގެން ދިޔައީ ހިތްހެޔޮ އެންމެންގެ އެކުވެރިއެއް

Author
މުޙައްމަދު ޝަޒައިމް
29 ނޮވެމްބަރ 2020 11:59
0

މާލޭގައި އިއްޔެ ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި ޅ.ހިންނަވަރު އައިޝަތު ނަޒްރާ އަކީ ހިތްހެޔޮ ގާތް އެކުވެރިއެކެވެ. ނަޒުރާގެ ގާތްއެކުވެރިޔަކު ބުނީ އޭނާއަކީ ވަރަށް މަޖާ މިޒާޖެއްގެ ހިތްހެޔޮ އެކުވެރިއެއްކަމަށެވެ. އޭނާއަކީ އެކުވެރިންނަށް ހިތް ހެޔޮ، އަބަދުވެސް ގަތް ގުޅުމެއް ބާއްވާ އެކުވެރިއެއްކަމަށް އޭނާ ބުނެފައިވެއެވެ.

ނަޒްރާގެ ކުއްލި މަރަކީ އޭނާގެ އާއިލާއަށާއި، ގާތް އެކުވެރިންނަށް ލިބިގެންދިޔަ ފުން ހިތާމައެކެވެ. ނަޒްރާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު ޢަޞްރު ނަމާދަށް ފަހު މަސްޖިދުލް ތަޢާވުން (އާސަހަރާ މިސްކިތް) ގައެވެ.

ނަޒްރާ އަކީ ޓިކްޓޮކް ގައިވެސް މަޝްހޫރު ފަންނާނެކެވެ. ނަޒްރާއަށް ޓިކްޓޮކްގައި ފޮލޯ ކުރާ މީހުންގެ އަދަދު 17000 އަށް އަރައެވެ. އޭނާގެ ބައެއް ވީޑިއޯތައް ބަލާފައިވާ މީހުންގެ އަދަދު ލައްކައަކާއި ކައިރި ކުރެއެވެ.

ނަޒްލާ ނިޔާވެފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ރޭ 10 ޖަހާ ކަންހާއިރު ބާރު ސްޕީޑުގައި މާލޭގެ އަމީނީ މަގުން ދަރުމަވަނަންތަ ހޮސްޕިޓަލާއި ދިމާލަށް ބޮޑުތަކުރުފާނު މަގަށް ނުކުތް ސައިކަލެއް ކޮންޓްރޯނުވެ ގޮސް ދުވާ ޓްރެކް މައްޗަށް އަރައި އެކްސިޑެންޓެއް ވަނީ ވެފައެވެ. އެކްސިޑެންޓް ހިނގިއިރު ފަހަތުގައި އިން 24 އަހަރުގެ އަންހެނަކަށް ފަރުވާ ދެމުންދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. ސައިކަލު ދުއްވަން އިނީ ލައިސަންސް ނެތް 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމައްސަލަ ތަހުގީގް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.