ޑރ.ޙުސައިން ވަޒީރުކަމުގައި ހުންނަވައި، ރައީސާ ދެކޮޅު ޙަރަކާތުގައި!

ޑރ.ޙުސައިން ވަޒީރުކަމުގައި ހުންނަވައި، ރައީސާ ދެކޮޅު ޙަރަކާތުގައި!

Author
ޢަލީ އާދަމް
08 އޭޕްރިލް 2023 10:55
0

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމާއި ސަރުކާރާ ދެކޮޅުވެރި ޙަރަކާތް "ފިކުރެއްގެ ދިރުން" އުފައްދަވައިގެން އުޅުއްވާ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ސަން އައިލެކްޑުގައި ބޭއްވި ބައްދަލުވުމުގެ ފޮޓީއަކުން ފިޝަރީޒް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ފެނިއްޖެއެވެ.

ޑރ.ޙުސައިން ވަޒީރުކަމަށް ވަޑައިގަތީ ޖޭޕީގެ ސްލޮޓެއްގައެވެ. ޖޭޕީގެ ސްލޮޓުގައި ވަޒީރުކަމާ ސިޔާސީ މަޤާމުތަކަށް ވަޑައިގެންނެވި ގިނަ ބޭފުޅުން ވަނީ މިހާރު އެޕާޓީން ވަކިވެ ނުވަތަ ވަކިނުވެ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދުކުރައްވަން ނިންމަވާފައެވެ. ރައީސާ ދެކޮޅަށް އަންނަ ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރަން ނިންމާފައިވާ ބައެއް މީހުން ސަރުކަރުގެ ސިޔާސީ މަޤާމުތަކުގައި އެބަތިއްބެވެ. އެމީހުންނަށް ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އަޙްލާޤީގޮތުން ބެލިޔަސް އެންމެ ރަނގަޅުގޮތަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ކަމުނުގޮސްގެން އެހެން ކެންޑިޑޭޓަކަށް ތާޢީދުކުރާނަމަ ސަރުކާރުން ވަކިވުންކަމަށް ގިނަބަޔަކު ބުނެއެވެ.

ފިޝަރީޒް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަން ވަނީ ސަންއައިލެންޑުގައި ޤާސިމާއި ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ. އެހެންނަމަވެސް އަންނަ ރިޔާސީ އިންތިޚާބުގައި ވަކި ކެންޑިޑެޓަކަށް ތާޢީދުކުރައްވާކަން މިހާތަނަށް ޑރ.ޙުސައިން ހާމަކުރައްވާފައެއް ނުވެއެވެ. ސަން އައިލެންޑު ބައްދަލުވުމާ ބެހޭގޮތުން ބައެއް މިޑިއާތަކުން ސުވާލުކުރުމުން މިނިސްޓަރ ޑރ.ޙުސައިން ވަކި ޖަވާބެއް ނުދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުސޭނުބެ
ސަރުކާރުގެ ވަޒީރަކަށް ހުރެ ސަރުކާރާއި ދެކޮޅު ޓީމުގައި ހުރުމަކީ ހާދަ މުނާފިގު އަމަލެކެވެ. މިފަދަ ލަދުހަޔާތް މަދު މީހަކު ނުދެކެމެވެ. މުސާރަ ބޭނުންވިޔަސް ތިވަރު ތަންކޮޅެއް ބޮޑެވެ.
ރ ރަޝީދު
މި ސަރުކާރު އޮއްވާ ލޯންގްލައިން މަސްވެރިކަން ކުރަން ހުއްދަ ނުދޭނެކަމަށް އެކަމަށް އެދޭ ކިތަންމެ ބަޔަކު ކައިރީ ސީދާ މިނިސްޓަރު ބުނެފައި އެބަހުއްޓެވެ. ގަވާއިދު ހަދާހަދާ ވަގުތު ދުއްވާލަން ތިބޭނީއެވެ. އިދިކޮޅަށް ކުޅެވޭނީ މިހާވަރަށެވެ.
އ އަލަމްދިރި
ކޯލިޝަން ހެދީ 17 ނޮވެމްބަރާއި ހަމަޔަށް ކުރިން އެކަށައަޅާފައިވާ ސިޔާސަތުތަކަށް ތާއިދުކޮށް އެއްބާރުލުން ދިނުމަށް! ރައީސް ސޯލިހު ބުނާހާ ސިޔާސަތަކަށް ޓާއިދުކުޜާކަށް ނޫން. އަދި 2023ގެ އިންތިޚާބުގައި ރައީސް ސޯލިހަށް ތާއިދުކުރާކަށް ވެސް ނޫން! މަގާމުން އެމްޑިޕީ ބައެއް މެމްބަރުން ވަކިކުރުމުން ދޭހަވަނީ ރައީސް ޔާމީނާއި ރައީސް ސޯލިގެ ޚުދުމުޚުތާރުކަމުގައި ތަފާތެއް ނެތްކަން!
އ އަލިބެ
ތިޔައީ ވަރަށް މަކަރުވެރި ވަޒީރެކެވެ. މިނިސްޓަރުކަމުގައި މިއޮއް ހުރިހާދުވަހު ހުރިއިރުވެސް ކުރި އެއްވެސް ކަމެއް ނެތެވެ. ކުރަންބުނި ކަންތައްތައްވެސް ނުކޮށް ދިގު ދަންމަާލަ ދަންމާލަ ހުރީއެވެ. ވަގުތުން ބޭރުކުރަންޖެހޭ މީހެކެވެ.
ޢ ޢަހުމަދު
ޜަގަލު ވާަހަކައެށް އަލިބެ ތިބުނީި