ރައީސް ޔާމީންގެ އަމާޒަކީ ޤާނޫނީ އިމުގެ ތެރެއިން ސަރުކާރު ބަދަލުކުރުން: އާދަމް ޝަރީފް

ރައީސް ޔާމީންގެ އަމާޒަކީ ޤާނޫނީ އިމުގެ ތެރެއިން ސަރުކާރު ބަދަލުކުރުން: އާދަމް ޝަރީފް

Author
މުޙައްމަދު ޖިމީ
29 ނޮވެމްބަރ 2020 10:26
0

ރައީސް ޔާމީންގެ އަމާޒަކީ ޤާނޫނީ އިމުގެ ތެރެއިން ސަރުކާރު ބަދަލުކުރުންކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މިސަރުކާރު ބަލިކޮށްލުމަށް އެދިވަޑައިގެން ރައީސް ޔާމީން އިއްޔެ ދެއްވި މެސެޖާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންނަށް ރައީސް ޔާމީން އިތުބާރު ކުރައްވާކަމަށާއި، އެމަނިކުފާނަށް ކުރަމުންދާ އަނިޔާތައް ތަހައްމަލު ކުރައްވަނީ ރައްޔިތުންނަށްޓަކައިކަމަށެވެ. އެމަނިކުފާނުގެ އަމާޒަކީ ޤާނޫނީ އިމުގެ ތެރެއިން ސަރުކާރު ބަދަލުކުރުންކަމަށްވެސް އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ހިތްވަރުން އުއްމީދު އާލާވެ ކުރިޔަށް ދާނެ މަގު ދަނީ ކޮށެމުން.

-މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަން މިވަގުތު ހިންގެވުމާއި ހަވާލުވެ ހުންނެވި އިދިކޮޅު ލީޑަރު ޢަބްދުއްރަޙީމް ޢަބްދުﷲއާއި ރައީސް ޔާމީން އިއްޔެ ޖަލުގައި ބައްދަލުކުރައްވާ ވަނީ އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މިސަރުކާރު ބަލިކޮށްލުމަށް އެދިވަޑައިގެންފައެވެ. އެއީ އެމަނިކުފާނަށްޓަކައި ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ މުހިންމު މަސައްކަތްކަމަށާއި، ދިވެހި ރައްޔިތުންގެ ހައްގުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވުމަށް ތައްޔާރަށް ހުންނެވިކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

އަދި ކޮންމެ ފަދަ ޙާލަތެއްގައިވެސް ޤައުމު ދޫކުރައްވާ ވަޑައިނުގަންނަވާނެކަމަށާއި، ކައުންސިލް އިންތިޚާބުގައި މިސަރުކާރު ބަލިކޮށްލުމަށް ހުރިހާ ރައްޔިތުން ސާބިތުކަމާއެކު މަސައްކަތްކޮށްދެއްވުމަށްވެސް ރައީސް ޔާމީން އެދިވޑައިގެންފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.