ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް ދެކޮޅު ކަމަށާއި ބަނގުރާ ވިއްކުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތައް ރައްޔިތުންނަށް އޮޅުން އަރާނަމަ އެކަމަށް ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާން ވިދާޅުވީ އޭނާ މަޖިލީހުގައި މިދިޔަ ބުރާސްފަތި ދުވަހު ދެއްކެވި ވާހަތައް މީޑިޔާތަކުން ހަގީގަތް އޮޅޭ ގޮތަށް ގެނެސްފައިވާކަމަށެވެ. ނަމަވެސް އެވާހަކަ ދެއްކެވީ އެއްވެސް ހާލެއްގައި މީހުން ދިރިއުޅޭ ރަށްތަކުގައި ބަނުރާ އާންމު ކުރުމަށް ހިއްވަރު ދިނުމަށް ނޫންކަމަށެވެ. ޝިޔާނަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށް މިއަދު އޭނާ ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާ އޭނާ ވެސް ދެކޮޅު ކަމަށެވެ. އޭނާ ދެއްކެވި މުޅި ވާހަކަ އޮޅުވާލައިގެން މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޓްއަރިޒަމް ޤާނޫނަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން މެންބަރު ޝިޔާން ވިދާޅުވީ ލޯކަލް ޓޫރިޒަމް ރާއްޖޭގައި މިހާ ބޮޑަށް ފެތުރިގެންދާއިރު، ރިސޯޓުތަކަށްދާ ފަތުރުވެރިންނަށް ރާ ވިއްކުމުގެ ހުއްދަ ލިބޭ ކަމަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް އެތެރޭގައި ނުވަތަ ބޭރުގައި ވިޔަސް ބަނގުރާ ލިބޭނެ ގޮތް ހެދުމަކީ ވަރަށް ގިނަ މީހުންގެ އެދުމެއް ކަމަށް މެންބަރު ޝިޔާން ވިދާޅުވިއެވެ.
ރަށުގައި، ފަޅުތެރޭގައި ވިޔަސް، ވިލެއްގައި ވިޔަސް، ކަނޑު ތެރޭގައި ވިޔަސް އެޚިދުމަތް މީހުން ދިރިއުޅޭ ރަށްރަށަށް އަންނަ ފަތުރުވެރިންނަށް އޮންނަން ޖެހޭ ކަމަށް ޝިޔާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ