ޕެރެޑައިސް ރިސޯޓް ރިބްރޭޑްކޮށް ރިސޯޓްގެ ނަން ވިލާ ނޯޓިކާއަށް ބަދަލްކޮށްފި

ޕެރެޑައިސް ރިސޯޓް ރިބްރޭޑްކޮށް ރިސޯޓްގެ ނަން ވިލާ ނޯޓިކާއަށް ބަދަލްކޮށްފި

Author
އަޒްފާ ރަޝީދު
05 އޭޕްރިލް 2023 09:09
0

ރީބްރޭންޑްކޮށް ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ނަމުގައި ކުރިން ހިންގަމުން ދިޔަ ވިލާ ގުރޫޕްގެ ރިސޯޓުގެ ނަން ވިލާ ނޯޓިކާ އަށް ބަދަލުކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ގުރޫޕްގެ ދަށުން ހިންގާ ހުރިހާ ރިސޯޓެއްގެ ނަންތައް ވެސް ރީބްރޭންޑް ކުރުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

ވިލާ ނޯޓިކާ އަށް ރީބްރޭންޑް ކުރުމަށްފަހު ވިލާ ގުރޫޕް ހިންގުމުގައި މިއަދު އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ގާސިމްގެ ދޮށީ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމް ވިދާޅުވީ އޭނާގެ ބައްޕަ ގާސިމް އިބްރާހީމުގެ ބުރަ މަސައްކަތުން ނަގާ ކޮޅަށް ޖެހި ވިޔަފާރީގައި ތަފާތު ބަދަލުތަކެއް އަދި އާ ހަރުފަތްތަކެއް ފެންނާނެ ކަމަށެވެ.

ވިލާ ގުރޫޕްގެ ނަމާއި ލޯގޯ އަށްވެސް ބަދަލެއް ގެނެސް ރީބްރޭންޑް ކުރަން ނިންމާފައިވެ އެވެ. ވިލާގެ ދަށުން މިވަގުތު ހިންގަމުންދާ ރިސޯޓުތަކަކީ ވިލާ ނޯޓިކާގެ އިތުރުން ސަން އައިލެންޑާއި ހޮލިޑޭ އައިލެންޑާއި ރޯޔަލް އައިލެންޑާއި ފަން އައިލެންޑެވެ. މިހުރިހާ ރިސޯޓެއްގެ ނަންތައް ވެސް މިހާރު ވަނީ ރީބްރޭންޑްކޮށް އެކި މަރުހަލާތަކުގައި ހުޅުވަން ނިންމާފަ އެވެ.

ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑް އެއްކޮށްހެން ބަދަލުކޮށްލުމަށްފަހު ހޮލިޑޭ އައިލެންޑް އަންނަ އަހަރު އަދި ފަން އައިލެންޑް 2027ގައި ހުޅުވުމަށް ވިލާ އިން ދަނީ ތައްޔާރުވަމުންނެވެ. އަދި ރޯޔަލް އައިލެންޑްއަށް ވެސް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު 2025ގައި އެ ރިސޯޓުވެސް ބަދަލުތަކާ އެކު ހުޅުވަން ވަނީ ނިންމާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.