ސަރުކާރު ކުންފުނިތައް މިހާރު ހިންގާގޮތްތަކަށް އިސްލާހު ގެނަައުމަކީ މިވަގުތައް މުހިއްމުކަމެއް ކަމަށް ކުރުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި، އުވާލުމާއި އަދި ރެގިއުލޭޓްކޮށް މޮނިޓަރކުރެވޭނެ ޤާނޫނެއް އެކުލަވާލުމަށް އެދި ގޮވާލާ ޤާރާރުގެ ބަހުސް ވަނީ ނިންމާލާފައެވެ.
އެ ޤަރާރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަގާމުތަކަށް އައްޔަނު ކުރާ މީހުންނަކީ ސިޔާސީ މުވައްޒަފުން ނޫން ކަމަށެވެ. އެ ކުންފުނިތަކަށް އައްޔަނުކުރާ ބޭފުޅުންގެ ވިސްނުން އަދި އެ ކުންފުނިތަކުގެ މިސްރާބަކީ ސަރުކާރުގެ ސިޔާސީ ވެރިން އެދިވަޑައިގަންނަވާ ކަންކަމާ ގުޅިފައި ހުންނަންޖެހޭނެ ކަންކަން ނޫން ކަމަށެވެ.
ދައުލަތުގެ ބަޖެޓަށްވުރެއް އިތުރަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހަރަދުކުރާކަން ރައީސް ނަޝިދު ފާހަގަކުރެއްވިއެވެ.
"ސިވިލްސާވިސްގެ މުވައްޒަފުންނަށް ވުރެއް އިތުރަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕޭރޯލްގައި ފައިސާ ހުންނަންޖެހޭ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި ހަމަޖެއްސުމަށާ ނަގާފައި ހުންނަ ލޯނުތައް އަނބުރާ ދެއްކުމަށް ރައްޔިތުންގެ ފައިސާއިން ހަރަދުކުރާ މިންވަރު އިންތިހާއަށް ބޮޑު." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމާ ގުޅޭގޮތުން އިތުރު އިސްލާހުތަކެއް ގެނައުމަކީ މިވަގުތު ބޭނުންތެރިކަމެއް ކަމަށެވެ.
އިލިޔާސް ލަބީބްގެ ގަރާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައިވަނީ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންނެވެ. އެހެން މެންބަރުން ވަނީ އެ ގަރާރުގައި ހުރި ވާހަކަތަކަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ.
One Response
ތިޔަވިދާޅު ވަނީ ރައީސް މައުމޫނުގެ ދުޅަހެޔޮ ސިޔާސަތު