"ހިޔާ އެނެކްސް"ގެ ނަމުގައި ކެއާ ސޮސައިޓީގެ ގޮތްޕެއް ހުޅުމާލެ ފޭސް 2 ގައި ގާއިމްކުރަނީ

"ހިޔާ އެނެކްސް"ގެ ނަމުގައި ކެއާ ސޮސައިޓީގެ ގޮތްޕެއް ހުޅުމާލެ ފޭސް 2 ގައި ގާއިމްކުރަނީ

Author
އަޒްފާ ރަޝީދު
03 އޭޕްރިލް 2023 06:28
0

ކެއާ ސޮސައިޓީން ހުޅުމާލޭ ފޭސް ދޭގައި، "ހިޔާ އެނެކްސް" ގެ ނަމުގައި ސެންޓަރެއް ޤާއިމްކުރުމަށް ނިންމައިފިއެވެ.

ކެއާ ސޮސައިޓީން ބުނީ، ހުޅުމާލޭ ފޭސް ދޭއްގައި އެ ޖަމްޢިއްޔާގެ ސެންޓަރެއް ހުޅުވަން ނިންމީ، އެ ޖަމްޢިއްޔާއިން ފޯރުކޮށްފޭ ޚިދުމަތް ފުޅާކުރުމުގެ ގޮތުންކަމަށެވެ. މިއީ އާރބަންކޯ އާއި ގުޅިގެން ޤާއިމްކުރާ ސެންޓަރެއްކަމަށް ކެއާ ސޮސައިޓީން ބުންޏެވެ.

މި ސެންޓަރު ޤާއިމްކުރުމަށް ނިންމާފައިވަނީ ހިޔާ ފްލެޓް އެޗް-1ގެ އެންމެ ތިރީ ފަންގިފިލާގައެވެ.

ކެއާ ސޮސައިޓީން ބުނީ މި ސެންޓަރު ހެދުމުގެ ޢަމަލީ މަސައްކަތުގައި މިހާރު ސޮއިކޮށްފައިވާކަމަށެވެ. މި ސެންޓަރުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ އަންނަ ޖޫންމަހުގެ ފަހުކޮޅު ނިމޭވަރު ވާނެކަމަށް ކެއާ ސޮސައިޓީން ބުންޏެވެ. އެ ޖަމްޢިއްޔާއިން ބުނީ، މަސައްކަތް ކުރަމުންދަނީ އެންމެ ލަސްވެގެންވެސް އަންނަ އޮގަސްޓް މަހު އެ ސެންޓަރުން ޚިދުމަތް ފެށުމަށްކަމަށެވެ.

މި ސެންޓަރުން ފޯރުކޮށްދިނުމަށް ނިންމާފައިވާ ޚިދުމަތްތަކުގެ ތެރޭގައި، ކުދިންގެ ޅަފަތުގައި އެކިއެކި ހުނަރުތައް ތަރައްޤީކުރުމަށް އާރލީ އައިޑެންޓިފިކޭޝަން އަދި އާރލީ އިންޓަވެންޝަން ފޯރުކޮށްދިނުން ހިމެނެއެވެ. މިއީ މައިގަނޑު ގޮތެއްގައި 6 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގަރާމެކެވެ.

މީގެ އިތުރުން ވޮކޭޝަނަލް ޕްރޮގްރާމްވެސް އެ ސެންޓަރުން ހިންގާނެކަމަށް ކެއާ ސޮސައިޓިން ބުންޏެވެ. މިއީ ސްކޫލް ނިންމާ އުމުރުގެ ކުދިންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެއްކަމަށާއި، މި ޕްރޮގްރާމުގެ އަމާޒަކީ ސްކޫލް ނިންމާ ކުދިންނަށް ޢާމްދަނީ ހޯދޭނެ ގޮތެއް ނުވަތަ ވަޒީފާއަށް ނެރުމަށް ތައްޔާރުކޮށްދިނުންކަމަށްވެސް ކެއާ ސޮސައިޓީން ބުންޏެވެ.

ކެއާރ ސޮސައިޓީއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމުގެ ގޮތުން 1998 ވަނަ އަހަރު އުފައްދާފައިވާ ޖަމިއްޔާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.