ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ ވަޒީފާތަކުގަިއ ތިއްބި މީހުންގެ ތެރެއިން ވަޒީފާގެ ބޭނުމަށް މަޤާމުތައް ދިފާއުކުރައްވާ ބޭފުޅުން ޖުމްހޫރީ ޕާޓީ ބަދުނާމު ނުކޮށް، ޕާޓީން ވަކިވުމަކީ ރީތި ގޮތްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ޤާސިމް ވާދަކުރަން ނިންމި ހިސާބުން ސަރުކާރުގައި ތިބި ޖުމްހޫރީ ޕާޓީގެ ބައެއް ބޭފުޅުން ދަނީ އެކި ތުހުމަތުކޮށް ޖުމްހޫރީ ޕާޓީން ވަކިވަމުންނެވެ. ޖޭޕީން ވަކިވާ ބައެއް ބޭފުޅުން އެޕާޓީއާއިމެދު ކުރަމުންދާ ތުހުމަތުތަކަށް ރައްދު ދެއްވައި ޤާސިމް ވިދާޅުވީ އެއްވެސް ހަގީގަތެއްގެ ނެތް ވާހަކަ ނުދައްކައި އަމިއްލަ މަޤާމު ދިފާކުރައްވަން ބޭނުންނަމަ ރީތި ގޮތުގައި ޕާޓީން ވަކިވެވޭނެކަމަށެވެ.
ޕާޓީއާއި، ޕާޓީގެ ލީޑަރޝިޕްގެ އަގުވައްޓާލަން އެކި ތުހުމަތުކޮށް، ޕާޓީ ބަދުނާމުނުކޮށްވެސް ރީތި ގޮތުގައި ޖުމްހޫރީ ޕާޓީން ވަކި މަޤާމުތަކުގައި ދެމިތިބެވިދާނެކަމަށް ޤާސިމް ވިދާޅުވިއެވެ.
ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން އެ ބޭފުޅުންގެ މަޤާމު ދިފާޢުކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކުރައްވާ، ކަމުގެ ހަޤީޤަތާއި އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން ޢިއްލާން ކުރެއްވުން ކީއްތޯ!؟
– ޤާސިމް ވިދާޅުވިއެވެ.
ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއްބޭފުޅުން އެ ބޭފުޅުންގެ މަޤާމު ދިފާޢުކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކުރައްވާ، ކަމުގެ ހަޤީޤަތާއި އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން ޢިއްލާން ކުރެއްވުން ކީއްތޯ!؟ pic.twitter.com/tAWtchw97M
— Qasim Ibrahim (@qasimibrahim) April 1, 2023
ޤާސިމް މިފަދައިން ވިދާޅުވީ މިއަދު އެޕާޓީން ވަކިވެ ސޮބާހު ރަޝީދު ދެއްކެވި ވާހަތަކާއި ގުޅިގެންކަމަށް ބެލެވެއެވެ. ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފަށް ފޮނުއްވި ސިޓީއެއްގައި، ސަބާހު ވިދާޅުވީ ޖޭޕީގައި މި ވަގުތު އޮތް އޮއިވަރުގެ ތެރެއިން ނިންމާ ނިންމުންތަކުގެ ސަބަބުން ޖުމްހޫރީ ޕާޓީގެ އަމިއްލަ ވަންތަކަން ގެއްލި، ގައުމީ މަސްލަހަތަށް ކުރާ ނޭދެވޭ އަސަރު އަދި ޖުމްހޫރީ ޕާޓީ އާއި ގާސިމަށް ސިޔާސީ ގޮތުން ލިބޭ އިޔާދަނުކުރެވޭ ގެއްލުން ތަހައްމަލުކުރަން އުނދަގޫ ކަމަށެވެ.
ޖޭޕީގެ ތެރޭގައި މިވަގުތު އޮތް އޮއިވަރު ތެރެއިން ނިންމާ ނިންމުންތަކުގެ ސަބަބުން ޖުމްހޫރީ ޕާޓީގެ އަމިއްލަ ވަންތަކަން ގެއްލި ގައުމީ މަސްލަހަތަށް ކުރާ ނޭދެވޭ އަސަރު، އަދި ޖުމްހޫރީ ޕާޓީއާއި ޕާޓީގެ ލީޑަރަށް ސިޔާސީ ގޮތުން ލިބެމުންދާ އިޔާދަ ނުކުރެވޭފަދަ ގެއްލުން ތަހައްމަލު ކުރަން ވަރަށް އުދަގޫކަމަށް ސޮބާހުގެ ސިޓީގައި ބުނެފައިވެއެވެ. އެހެންކަމުން ރާއްޖޭގެ އިޤްތިޞާދު އިޔާދަކޮށް ކުރި އެރުވުމަށް ކުރެވޭ މަސައްކަތް ދެމެހެއްޓުމަށާއި، އިމްރާނީީ ގޮތުންނާއި އިޖުތިމާއީ ގޮތުން ޤައުމު ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތްތައް ދަމަހައްޓައި ފުރިހަމަ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދެވަނަ ދައުރަކަށް އިންތިޚާބުވުން މުހިންމު ކަމަށް ދެކޭތީ 2023ގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރަން ނިންމައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ޖޭޕީން ގިނަ ބަޔަކު ވަކިވަމުންދާއިރު، އެ ޕާޓީގެ ލީޑަރު ގާސިމް ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފައެވެ. ގާސިމް އެގޮތަށް ނިންމާފައިވަނީ ވެސް ރައީސާއެކު ކޯލިޝަން ހެދުމަށް ދައުވަތު ދީފައިވަނިކޮށެވެ. ގާސިމްގެ އެ ނިންމުމާއެކު ޖޭޕީގެ ސްލޮޓުގައި މި ސަރުކާރުގައި މަގާމުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.
އޭގެ ތެރޭގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވައެވެ.
One Response
އެއެންމެން އެކެޑެނީ ވަޒީފާގެ ބޭނުމުގައި ކަމުގައި ބުނުމުން އެގޭ އެއްޗަކީ އެ އެންމެނަށްވެސް އަދި ގާސިމަށް ވެސް ކުރިޔަށް އޮތް ފަސްއަހަރުވެސް ވެރިކަމުގައި އިބޫ ހުންނާނެ ކަމުގައި ހަބޫލު ކުރެވޭ ކަމެވެ.