އިސްތިއުފާ ދެއްވަނީ އުންމީދު ކުރިކަންތައް ހާސިލް ނުވުމުން: އިލްހާމް

އިސްތިއުފާ ދެއްވަނީ އުންމީދު ކުރިކަންތައް ހާސިލް ނުވުމުން: އިލްހާމް

Author
މުޙައްމަދު ޝަޒައިމް
31 މާރޗް 2023 02:24
0

ޖުމްހޫރީ ޕާޓިިން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައި، ކެނޑިޑޭޓަކު ނެރުނު ހިސާބުން ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިބި ބައެއް ބޭފުޅުން އިސްތިއުފާ ދެމުންދަނީ އެބޭފުޅުން އުންމީދު ކުރި ކަންތައް ހާސިލް ނުވުމުން ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓިގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޤާސިމް ނިންމަވައި އިއުލާން ކުރެއްވުމާއިއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެ މަގާމުން އިސްތިއުފާ ދެއްވައި އެމްޑަބްލިއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ޖުމްހޫރީ ޕާޓީން ވަނީ ވަކިވެވަޑައިގެންފައެވެ. މީގެ އިތުރުންވެސް ބައެއް އެހެން މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ދަނީ އިސްތިއުފާ ދެއްވަމުންނެވެ.

މިކަމާއި ގުޅިގެން އިލްހާމް ވިދާޅުވީ ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބި ޖޭޕީގެ ބޭފުޅުންގެ ތެރެއިން އިސްތިއުފާ ދެއްވަމުންދާ ބޭފުޅުންނަކީ ވަކި ކަމަށް އުންމީދުކޮށްގެން އެކަން ނުވުމުން އިސްތިއުފާ ދެއްވަމުންދާ ބޭފުޅުންކަމަށެވެ. އަދި އިސްތިއުފާ ދެއްވަމުންދާ ބޭފުޅުންނަކީ ޖުމްހޫރީ ޕާޓީގެ މަޤާމުތަކުގައި ތިއްބެވި ނަމަވެސް، ޕާޓީގެ އެއްވެސް ހަރަކާތެއްގައި މިހާތަނަށް ބައިވެރިވެ އުޅުއްވަނުންދާ ބޭފުޅުން ނޫންކަމަށް އިލްހާމް ވިދާޅުވިއެވެ.

އިސްތިޢުފާ ދެއްވިކަމަށް ވިދާޅުވި ބޭފުޅުން، ނަމުގައި ޖޭޕީގައި ކިއުއްވިޔަސް ޖޭޕީގެ ސިޔާސީ އެއްވެސް ހަރަކާތެއްގައި ވޭތުވެދިޔަ 2 އަހަރު،3، 4 އަހަރު ތެރޭގައި އުޅުއްވާފައެއް ނުވޭ! އުންމީދުކޮށްގެން ތިއްބެވީ ވަކިކަމަކަށް. އެމަގަށް ގެންދެވޭތޯ ވަރަށް ޓްރައިކުރެއްވި.

– ޤާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމުމާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސަމީރާއި އާޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ވަލީދާ ވަލީދު ވެސް ވަނީ ޖޭޕީން ވަކިވެވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙާލި
ބަޑުފުރާމުއްތިކުރާމީހުން އަބަދުވެސް ބަގުޑިބައްދައިގެން ފަހަތުގައިތިބެގެން ހޯބޯލަވާނީ ވާކަކަމެއްހަރާން ދޭނީ ލަނޑުކުރީފަހަރުވެސް ކުރިމަތި ލައްވުވާފާ ދިނީ ލަނޑު ގާސި މަށް