ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ އެޑްވައިޒަރު މުޙައްމަދު ޝިހާބު ރައީސް ނަޝީދަށް ތާއީދުކޮށް، ފިކުރެއްގެ ދިރުމާއި ގުޅިއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމުމާއިއެކު ރައީސް ނަޝީދުގެ ފަރާތްޕުޅުން މިއަދު ވަނީ އިސް ބޭފުޅުންގެ މައްޗަށް އެކުލެވޭ ޓީމެއް ޤާސިމާއި ބައްދަލު ކުރުމަށް ސަން އައިލެންޑަށް ވަޑއިގެންފައެވެ. މިޓީމުގައި އިސްކޮށް ހުންނެވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އެޑްވައިޒަރު މުހައްމަދު ޝިހާބެވެ.
އެ ޓީމުގައި ހިމެނެނީ ޝިހާބުގެ އިތުރުން ހިމެނިވަޑައިގަންނަވަނީ އިއްޔެ ރައީސް އޮފީހުގެ މިނިސްޓަރުކަމުން ވަކި ކުރެއްވި މުހައްމަދު ޝިފާޒް އާއި އެސްޓީއޯގެ އެމްޑީގެ މަގާމުން ވަކި ކުރެއްވި ހުސައިން އަމްރު މުހައްމަދު ރަޝާދުގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ.
އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓުގެ މަގާމަށާ ޝިހާބު ހަމަޖެއްސެވީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ޝިހާބަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގިނަ ދުވަސްތަކެއްވަންދެން ފުރުއްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ދެ ވުޒާރާއެއްގެ ވަޒީރުކަމާއި މާލެ ސިޓީގެ މޭޔަރުކަމުގެ އިތުރުން ސަރުކާރުގެ އެކިއެކި އިދާރާތަކުގެ އިސް މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ޝިހާބު ރައީސް ނަޝީދަށް ތާއީދުކޮށް މަޝްވަރާގައި ބައިވެރިވާން ފަށާފައިވާއިރު، މިހާތަނަށް އަދި އޭނާ މަޤާމުން ވަކިކޮށްފައިނުވެއެވެ.
ކޮމެންޓު ފޮނުވާ