ކުރީގެ ފިލްމީ ތަރި ވަލީދާ ވަލީދު ޖުމްހޫރީ ޕާޓީން ވަކިވާން ނިންމައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައިި ރައީސް ޞާލިހަށް ތާއީދު ކުރަން ނިންމައިފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރުމަށް ނިންމައި ވަނީ ކެމްޕޭންވެސް ފަށާފައެވެ. އެޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ސާފުވެގެންދާނީ މިއަދުއެވެ. ޖޭޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް ބެލެވެނީ އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއެވެ.
ވަލީދާއަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ޓެޕިއުޓީ މިނިސްޓަރުކަން ފުރުއްވާ ބޭފުޅެކެވެ. ވަލީދާ ވިދާޅުވެފައިވަނީ ޕާޓީން ވަކިވުމުގެ ސިޓީ ވަރަށް އަވަހަށް ފޮނުއްވާނެ ކަމަށެވެ. ނަމަވެސް، އޭނާ މިހާރު ވަނީ ޕާޓީގެ ވައިބަ ގްރޫޕްތަކުން ވެސް އަމިއްލަ އަށް ބޭރުވެފައެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މަގާމުގައި ހުންނެވި ވަލީދާ ވިދާޅުވީ، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރާން ނިންމެވީ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވުމުގެ ބޭނުމުގައި ނޫން ކަމަށާއި އަދި ޕާޓީގެ ލީޑަޝިޕާ މައްސަލައެއް ޖެހިގެން ވެސް ނޫން ކަމަށެވެ. އެ ނިންމުން ނިންމެވީ، ކުރިން ރައީސް ސޯލިހުގެ ސިޔާސަތުތަކަށް ތާއިދު ކުރެއްވޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖޭޕީގެ ލީޑަރު މިއަދު ނިންމާ ގޮތެއްގެ މައްޗަށް ސިޔާސީ މަޤާމުތަކުގައި ތިބި ޖޭޕީގެ ބައެއް ބޭފުޅުން ޖޭޕީން ވަކިވުމަކީ އެކަށީގެންވާ ކަމެއްކަމަށް އެޕާޓީން ބުނެއެވެ.
ކޮމެންޓު ފޮނުވާ