ނަޝީދަކީ އަދިވެސް ސިޔާސީ މައިދާނުގެ "ބޮޑު ނަން": އިންތި

ނަޝީދަކީ އަދިވެސް ސިޔާސީ މައިދާނުގެ "ބޮޑު ނަން": އިންތި

Author
އަޒްފާ ރަޝީދު
28 މާރޗް 2023 07:24
0

ރާއްޖޭގެ ސިޔާސީ މައިދާނުގައި އަދިވެސް "ބޮޑު ނަމަކީ" ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އިންތި ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، "މި ވެރިކަން ވެސް ހިމެނޭ ގޮތުން ދައުލަތުގެ ބާރުތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ނަޝީދު ނައްތާލުމަށް މަސައްކަތް ނުކުރާ ވެރިކަމެއް ނެތް" އަދި "ނަޝީދުގެ ފުރާނަ ދުއްވާލުމަށް ބޮން ގޮއްވާލުމަށް ފުރުސަތު ވެސް ދީފައިވޭ" އިންތި ލިޔުއްވާފައިވެއެވެ.

"އިރާދަފުޅުން އަދި ވެސް މިއީ ސިޔާސީ މައިދާނުގެ "ބޮޑު ނަން." އިންތި ވިދާޅުވި އެވެ.

އިންތި މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްއާއި ވާދަކުރައްވައި ބަލިވެވަަޑައިގަތުމުން ރައީސް ނަޝީދު ގެންދަވަނީ ރައީސް ޞާލިޙްއާއި ދެކޮޅަށް ނުކުންނަވައި، ޖޭޕީއާ ގުޅިގެން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އަދި ރިޔާސީ އިންތިޚާބަށް "ފިކުރެއްގެ ދިރުން" އިން ޖޭޕީއާ ގުޅިގެން މެނިފެސްޓޯ އެކުލަވާލަން ވެސް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.