މޮޓޯކޭޑް ހުއްޓުވި މައްސަލާގައި ފުލުހުންގެ ދައުރެއް އޮތްތޯ އެންއައިސީން ބަލަނީ

މޮޓޯކޭޑް ހުއްޓުވި މައްސަލާގައި ފުލުހުންގެ ދައުރެއް އޮތްތޯ އެންއައިސީން ބަލަނީ

Author
ޢަލީ އާދަމް
23 މާރޗް 2023 07:19
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ މިޓޯކޭޑް ހުއްޓުވައި އިދިކޮޅު އެކްޓިވިސްޓުން މިދިޔަ ހޯމަ ދުވަހުގެ ރޭ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރައީސްގެ ސަލާމަތީ ަކަންކަން ބެލެހެއްޓުމުގައި އެޙާލަތުގައި ފުލުހުންގެ އެއްވެސް ދައުރެއް އޮތްތޯއާއި ފުލުހުންގެ އެއްވެސް އިހުމާލެއް އެކަމުގައި އޮތް ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން ތަޙުޤީޤެއް ފެށައިފިއެވެ.

އެ ކޮމިޝަނުން ކުރި ޓުވީޓެއްގައި ވަނީ މިމައްސަލަ އެންއައިސީން ތަހުގީގު ކުރާނީ އެކޮމިޝަނުގެ އަމިއްލަ އިސްނެގުމަކަށް ކަމަށެވެ. އަދި ބަލަމުންދަނީ ރައީސަށް އަރުވާ ސެކިއުރިޓީގައި ފުލުހުންގެ އެއްވެސް ދައުރެއް އޮތްތޯއާއި އެދުވަހުގެ ޙާދިސާގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮތްތޯކަމަށްވެސް އެންއައިސީން ވިދާޅުވެފައިވެވެ. 

އެންއައިސީން ކުރިއަށްގެންދާ ތަހުޤިޤުގެ މާބޮޑު ތަފްސީލެއް އެކޮމިޝަނުން ހާމައެއް ނުކުރައްވައެވެ. މިމައްސަލަ އެންއައިސީން ތަހުޤީޤުކުރިޔަސް ޢާންމުގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ސިފައިން ކުރާކަމެކެވެ. އަދި އެކަމުގައި ފުލުހުން ސީދާ އެއްވެސް ދައުރެއް އޮންނަކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ކޮންމެ ރެއަކުހެން އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކުގައި ކުރަމުންދާ މުޒާހަރާގެ ތެރެއަށް ރައީސްގެ މޮޓޯކޭޑް ވަނުނާއެކު މުޒާހަރާކުރަން އުޅުނު މީހުން މޮޓޯކޭޑު ހުއްޓުވައި ހަމަނުޖެހުން ހިންގިއެވެ. މިމައްސަލާގައި ސަލާމަތީ ބާރުތަކަށް ޢާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.