ރައީސް ޔާމީނައަށް ކުރާ އަނިޔާއާއި ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ކަނޑުމަތީގައި ބޭއްވުމަށް މަސައްކަތްކުރާ މުޒާހަރާއައް ތައްޔާރު ވެއްޖެއެވެ.
ހުޅުމާލޭ ފެރީ ޓާމިނަލްގެ ދެކުނު ފަރާތުން މާފުށްޓަށް ދަތުރުކުރުމަށް މަަސައްކަތް ކުރާ މި މުޒާހަރާގައި ދަތުރުކުރާ ދޯނިތައްވަނީ ތައްޔާރުކޮށްފައެވެ. އަދި ގިނަބަޔަކު ދޯނިތަކަށް އަރައި ފުރަން ވަނީ ތައްޔާރުވެފައެވެ. މި ހަރަކާތުގައި ޕީޕީއެމް، ޕީއެންސީގެ އިސްސަފުގައި ހަރަކާތްތެރިވާ ގިނަ ބޭފުޅުން ބައިވެރިވެއެވެ.
މިދަތުރާއި ގުޅޭގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މިއީ ރައީސް ޔާމީން ޖަލުގައި ނާއިންސާފުން އޮންނަތާ އެއް އަހަރު ފުރުމާއި ގުޅިގެން ބާއްވާ ހަރަކާތެއް ކަމަށެވެ. އަދި މިއީ ސަރުކާރުން ރައީސް ޔާމީނަށް ދެމުންދާ އަނިޔާތަކާއި ދެކޮޅަށް ދިވެހި ރައްޔިތުން ތިބިކަން ހާމަކޮށްދޭން ބާއްވާ ހަރަކާތެއްކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ނޮވެމްބަރު 28، 2019 ގަ އެވެ. އެއާއެކު، މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ދައުލަތުން ވަނީ އުފުލައިފަ އެވެ. އަލަށް ކުރާ މިި ދައުވާތަކާ ގުޅިގެން މައްސަލަ އަށް ތަައްޔާރުވުމަށް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު އެ މަނިކުފާނަށް ވަނީ ދީފައެވެ.

ރައީސް ޔާމީނަށް ހުކުމް ކޮށްފައިވަނީ އެމަނިކުފާނަށް ހުކުމް ކުރުމަށް އެއްގަޑި އިރަށް ވެފައި ވަނިކޮށް ފަނޑިޔާރު ބަދަލުކޮށްގެންނެވެ. ރައީސް ޔާމީންގެ މައްސަލަ ކުރިން ބެއްލެވި ފަނޑިޔާރު އަހުމަދު ހައިލަމް ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްސަލަ ވަކި ގޮތަށް ހުކުމް ކުރުމަށް ސަރުކާރުން ޕްރެޝަރު ކުރުވިކަމަށެވެ.
ކޮމެންޓު ފޮނުވާ