ޖަމީލާ ހުސެއިން އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

ޖަމީލާ ހުސެއިން އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

Author
މުޙައްމަދު ޝަޒައިމް
28 ނޮވެމްބަރ 2020 01:26
0

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ މަންމަ ޖަމީލާ ހުސައިން އަވަހާރަ ވުމާއި ގުޅިގެން އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ މަންމަ ޖަމީލާ ހުސައިން އަވަހާރަ ވެފައިވަނީ މިއަދު 10:22 ގައެވެ. އުމުރުފުޅުން 82 އަހަރު ފުޅުގައި ޖަމީލާ އަވަހާރަވީ ވަރަށް ގިނަ ދުވަސް ވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށް ފަހު އެވެ.

ޖަމީލާ އަވަހާރަ ގުޅިގެން ރައީސް ޞާލިހު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ހއ. އިހަވަންދޫ ވައިޖެހޭގޭ އަލްފާޞިލާ ޖަމީލާ ޙުސެއިން އަވަހާރަވުމާ ގުޅިގެން އާއިލާއަށް އިޚްލާސްތެރި ތައުޒިޔާ ދަންނަވާކަމަށެވެ. އަދި މާތް الله އާއިލާއަށް ކެތްތެރިކަން ދެއްވައި މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވުމަށް ރައީސް ވަނީ ދުޢާ ކުރައްވާފައެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އާއި ކުރީގެ ވަޒީރު ޝަފީއުގެ އިތުރުން ރައީސް އޮފީހުގެ ސީޓީއޯ ހާމިދު ޝަފީއުގެ މަންމާފުޅަކީ ވެސް ޖަމީލާ އެވެ.

އެޗްޕީއޭއިން ވިދާޅުވީ މައިމޫނާގެ މަންމަ ޖަމީލާގެ މަރަކީ ކޯވިޑް މަރެއް ނޫންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.