މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރޯދަ އިނާޔަތުގެ އިތުރުން ހާއްސަ އެލެވެންސްގެ ގޮތުގައި 2000 ރުފިޔާ ކޮންމެ މުވައްޒަފަކަށް ދޭން ނިންމައިފި އެވެ.
އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ މި އަހަރުގެ ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ މުސްލިމު މުވައްޒަފަކަށް 3،000 ރުފިޔާ މިއަދު ޖަމާކޮށްދޭނެ ކަމަށެވެ.
ރޯދަމަހަށް ޚާއްސަކޮށްގެން އެމްއޭސީއެލްއިން މުވައްޒަފުންނަށް ހަދިޔާގެ ގޮތުގައި 2،000 ރުފިޔާ ދިިނުމަށް ނިންމާފައިވަނީ މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ރޯދަ އިނާޔަތާ އެކު މި ފައިސާވެސް ޖަމާކޮށްދޭނެ ކަމަށް އެމްއޭސީއެލުން ބުނެފައިވެ އެވެ.
ވަޒީފާ އާ ބެހޭ ގާނޫނުން ރާއްޖޭގައި މަސައްކަތް ކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަސް ފެށުމުގެ ކުރިން އިނާޔަތުގެ ގޮތުގައި މަދުވެގެން 3،000 ރުފިޔާ ދިނުން ލާޒިމް ކުރެއެވެ.
ކޮމެންޓު ފޮނުވާ