އެމްޑީޕީގެ ދަނގެތި ދާއިރާގެ ރައީސް އިސްތިއުފާދީފި

އެމްޑީޕީގެ ދަނގެތި ދާއިރާގެ ރައީސް އިސްތިއުފާދީފި

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2023 06:05
0

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ދަނގެތި ދާއިރާގެ ރައީސް ރަޝީދު މަޤާމުން އިސްތިއުފާ ދީފިއެވެ.

މަޤާމުން އިސްތިއުފާ ދެއްވައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް އެޑްރެސްކޮށް އޭނާ ފޮނުވި ސިޓީގައި ބުނެފައިވަނީ އެމްޑީޕީއަކީ ޑީމޮކްރަޓިކްހަމަތަކާއި އުސޫލުތައް ނަގަހައްޓައި، އެހަމަތަކާއި އުސޫލުތަކުގެ މަތިން މިހާތަނަށް ހިންގަމުންދިޔަ ހަރުދަނާ އެއްބައިވަންތަ ޕާޓީއެއް ކަމަށެވެ. ނަމަވެސް މިހާރުު އެމްޑީޕީ ތެރެއިން ފެނިގެންދަނީ ޑިމޮކްރަޓިކް ހަމަތަކާއި ބީރައްޓެހި ސިފަތަކެއްކަމަށެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ކާމިޔާބުކުރެއްވުމަށް ރައީސް ޞާލިހު އާންމު މެމްބަރުންނަށް ދައްކަވަމުން ދިޔަ ތަސައްވަރަކީ ފުޅާ ކޯލިޝަނެއްގައި ނިކުމެ ވަޑައިިގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމުގެ ތަސައްވަރު ކަމަށެވެ.

ނަމަވެސް މިއަދާއި ހަމައަށްވެސް ހަރުދަނާ ސިޔާސީ ޕާޓީއަކުން އެމްޑީޕީގެ ކެނޑިޑޭޓާއިއެކު ރިޔާސީ އިންތިޚާބަށް ނިކުތުމަށް ބައިއަތު ހިފާފައި ނުވާއިރު، އެކި ސަަބަބުތަކާއިހެދި ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުން ޕާޓީއާއި ފެޔަށް ޖެހެމުންދާ ތަން ފެންނަމުންދާކަމަށެވެ.

އަޅުގަނޑަކީ އެމްޑީޕީގެ ދަނގެތި ދާއިރާގެ ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވެ، އެމަޤާމު ފުރުއްވަމުން ގެންދާ މީހަކަށްވާއިރު، އިސްވެ ދެންނެވުނު ކަންކަމަށް ރިޢާޔަތްކޮށް އަޅުގަނޑު މަޤާމުގައި ދެމި ހުރުމަކީ ޕާޓީއަށާއި، ދިވެހި ޤައުމަށް ފައިދާހުރި ގޮތްކަމަށް ނުފެންނާތީ ދަނގެި ދާއިރާގެ ރައީސްކަމުން އިސްތިއުފާ ދީފީމެވެ.

– ސިޓީގައި ބުނެފައެވެ.

ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ރައީސް ދެއްވި ދަޢުވަތު ޤަބޫލުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ޢަދާލަތު ޕާޓީއާއި، އެމްޑީއޭއިން އެކަންޏެވެ. ނަމަވެސް ރައީސް ޞާލިހު ވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން އެމްޑީޕިއާއެކު ކޯލިޝަން ހަދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.