ގާސިމްގެ ސްޕެޝަލް އެންވޯއީގެ މަޤާމު އުފައްދައި، ބޭފުޅަކު އައްޔަން ކުރަނީ

ގާސިމްގެ ސްޕެޝަލް އެންވޯއީގެ މަޤާމު އުފައްދައި، ބޭފުޅަކު އައްޔަން ކުރަނީ

Author
މުޙައްމަދު ޝަޒައިމް
14 މާރޗް 2023 09:19
0

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީއަކަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި، އެޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނައުމަށް ކައުންސިލުން ފާސްކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދުގައި މީގެ ކުރިން ނެތް މަޤާމެއް އުފެއްދުމަށް އަސާސީ ގަވާދަށް އިސްލާހު ގެނައުމަށް ނިންމީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅިގެން ސިޔާސީ ގޮތުން ތަޖުރިބާހުރި، ބޭފުޅުން އެމަޤާމަށް އައްޔަން ކުރުމަށް ކަމަށް ބެލެއެވެ. މިފަހުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޤާސިމާއި ދެބޭފުޅުންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެ، ސިޔާސީ މަސައްކަތުގައި އެކީގައި ކުރިއަށް ދެވޭނެކަމުގެ އިޝާރަތްތަކެއް ކުރައްވާފައެވެ.

ޖޭޕީގެ ކޮންގްރެސްގައިވެސް ޤާސިމްގެ އެންމެ އަރިސްކޮށް އިންނެވީ ރައީސް ނަޝީދެވެ. ކޮންގްރެސް ފެށުމުގެ ޖަލްސާގައިވެސް އަދި ނިންމާލުމުގެ ޖަލްސާގައިވެސް ޤާސިމް ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. ސިޔާސީ ގޮތުން ރައީސް ޞާލިހާއި އެކީގައި ދެން މަސައްކަތް ނުކުރައްވާނެކަން ރައީސް ނަޝީދު އިއުލާން ކުރައްވާފައިރު، ރައީސް ނަޝީދު ގެންދަވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި ސިޔާސީ ބޮޑު ހަރަކާތެއް ހިންގަމުންނެވެ.

ކުނޫޒްގައި މިއަދު ބޭއްވި އެ ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ސްޕެޝަލް އެންވޯއީއެއްގެ މަގާމު އަސާސީ ގަވާއިދުގައި ހިމެނުމަށް ފާސް ކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެކަމަކު، އެ މަގާމަށް އަދި ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.