ކޮމަންވެލްތު ބައްދަލުވުމަކަށް ޚާރިޖީ ވަޒީރު އިނގިރޭސިވިލާތަށް

ކޮމަންވެލްތު ބައްދަލުވުމަކަށް ޚާރިޖީ ވަޒީރު އިނގިރޭސިވިލާތަށް

Author
ޢަލީ އާދަމް
12 މާރޗް 2023 11:23
0

ކޮމަންވެލްތު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ.

ކޮމަންވެލްތު ޤައުމުތަކުގެ މެދުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މުހިންމު މަޝްވަރާތަކެއްގައި މިނިސްޓަރ ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވާނެއެވެ. ކޮމަންވެލްތު ޤައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުިގެ އިތުރުން އިނގިރޭސި ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން މިނިސްޓަރ ޝާހިދު މަޝްވަރާ ކުރައްވާނެކަމަށް މަޢުލޫމާތު ލިބެއެވެ.

މިނިސްޓަރ ޝާހިދު އިނގިރޭސި ވިލާތަށް ވަޑައިގަތީ ޖަރުމަނުންނެވެ. އެމަނިކުފާނު ޖަރުމަނަށް ވަޑައިގަތީ އެޤައުމުގެ ވެރިރަށް ބާލިންގައި ކުރިއަށްދާ އައިޓީބީ ފެއަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައެވެ. އޭގެކުރިން ޤަޠަރުގެ ވެރިރަށް ދޯހާގައި ކުރިޔަށްދިޔަ އދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ އަރިހުގައި އެޤައުމަށްވެސް ވަޑައިގަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.