އިންޑިއާއަށް ނިސްބަތްވާ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ އަދި ލަވަ ކިއުންތެރިއާ ނިކް ޖޯނަސް އިންޑިއާ އަށް ނިސްބަތްވާ ފަންނާނަކާ އެކީ ކިޔައިފައިވާ ލަވައެއް ގެނެސްދޭން ތައްޔާރުވެއްޖެއެވެ.
އެމެރިކާ ލަވަކިއުންތެރިއާ އާއި އިންޑިއާގެ ފަންނާނު އަދި ކިންގްގެ ނަމުން މަޝްހޫރު ލަވަކިޔުންތެރިޔާ ފޭނުންނަށް ދޫކޮށްލާ ލަވަ އަކީ ކިންގް "މާން މޭރީ ޖާން" ގެ ނަމުގައި ގެނެސްދިން ހިޓް ލަވައިގެ އާ ވާޝަނެކެވެ. މިއަށް ދީފައިވާ ނަމަކީ "އާފްޓަލައިފް" އެވެ.
މިއީ އިންޑިއާގެ މިއުޒިކީ ފަންނާނަކާ ގުޅިގެން ނިކް ލަވައެއް ގެނެސްދޭ ފުރަތަމަ ފަހަރެވެ. މި ކަން ވަނި ނިކް އޭނާގެ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިއެވެ.
ވަރަށް ބޮޑަށް މަގުބޫލު ވަމުން އަންނަ ކިންގް ގެ ލަވަތަށް އާންމުކޮށް ގެނެސްދެނީ ވީޑިއޯއާއި ވެސް އެކުގައި އެވެ. އެގޮތުން "މާން މޭރީ ޖާން" ވެސް ގެނެދީފައިވަނީ ވީީޑިއޯ އާއި އެކުގައިއެވެ. ނަމަވެސް "މާން މޭރީ ޖާން އާފްޓަލައިފް" ގެނެސްދީފައިވަނީ ވީޑިއޯ އާއި ނުލައެވެ.
ކިންގް ފިލްްމް އަކަށް ކީ ފުރަތަމަ ލަވަ އަކީ "ޑްރިޝަމް 2″ ގައި ހިމެނޭ "ސަހީ ގަލަތު" އެވެ. މި ފިލްމް އަކީ އަޖޭ ދޭވްގަން، ތާބޫ، ޝްރިޔާ ސަރަން، އިޝިތާ ދަތް މުހިންމު ރޯލު ތަކުން ފެނިގެން. ގޮސްފައިވާ ފިލްމްއެވެ.
"ޖޯނަސް" ބްރަދާސް" ގެ ނަމުގައި އާއިލީ ބޭންޑެއް ހިންގަމުން އަންނަ ނިކްގެ މި ލަވަ އަކީ އޭނާގެ އަލަތު ހިންދީ ލަވައެވެ. ނިކް އާއި އޭނަގެ ދެ ބެބޭއިން ކަމަށްވާ ޖޯ ޖޯނަސް އާއި ކެވިން ޖޯނަސްގެ ބޭންޑް "ޖޯނަސް ބްރަދާސް" ގެ ކުރިއަށް އޮތް އަލްބަމަކީ މެއި 12 ގައި ރިލީޒްކުރާ "ދި އަލްބަމް" އެވެ.