މާމަ ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރްގެ ގެ ބައޯޕިކް އެއް ހަދާނަމަ އޭގައި މާމަގެ ރޯލު ލިބުނު ނަމަވެސް އެ ރޯލު ކުޅެވިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ސާރާ އަލީ ހާން ބުނެފި އެވެ.
ސަރާ ބުނީ މާމަ އަކީ ވަރަށް ޕާފެކް އަދި އެހާމެ ލޯބި މީހެއް ކަމަށެވެ. މާމަ އަކީ ވަރަށް ފުރިހަމަ އިންސާނެއް ކަމަށާއި އޭނާގެ މާމަ ރޯލު ކުޅެވޭނެ ކަމަށް ގަބޫލު ނުކުރެވޭކަމަށް ޒުވާން ބަތަލާ ވަނީ ބުނެފައިއެވެ.
ސާރާ ބުނީ އެފަދަ ރޯލެއް ނުކުޅެވޭނެ އެންމެ ބޮޑު އެއް ސަބަބަކީ އޭނާ އަކީ އޭނާ މާމަ ހައި ފުރިހަމަ މީހަކަށް ނުވާތީ ކަމަށެވެ. އަދި ވަރަށް ގިނަ ވަގުތު މާމަ އާއި އެކުގައި ވަގުތު ހޭދަކޮށް ވާހަކަ ދައްކާ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
"މާމަ އާއި އަހަރެން ވަރަށް ގިނައިން ވާހަކަ ދައްކަން. އެކަމަކު މާމަގެ ކެރިއަރު އަދި ފިލްމް ތަކާއި ބެހޭ އެއްވެސް ވާހަކައެއް ނުދެކެވޭ. އާންމު ކޮން އަހަރުމެންގެ މެދުގައި ދެކެވެނީ އާންމު މައުލޫމާތާއި ދުނިޔެވީ ވާހަކަތަށް."
ޝަރުމީލާ އަކީ 1950ގެ އަހަރުތަކުގައި ބޮލީވުޑުން ފެނުނު ގިނަ ބައެއްގެ މެދުގައި މަގުބޫލު ތަރިއެކެވެ. ޝަރުމީލާ 1959ގައި ބޮލީވުޑަށް ނުކުތީ އުމުރުން 14 އަހަރުގަ އެވެ. އޭނާ ވަނީ އެޒަމާނުގެ މޮޅެތި އަދި ކާމިޔާބު ފިލްމް ތަކުގައި މަސައްކަތް ކޮށްފައިއެވެ.
ނަމަވެސް މިހާރު އޭނާ އެއްވެސް ވަރަކަށް ސްކްރީން އިން ނުފެންނަ ކަމަށް ބުނެވިދާނެއެވެ. ވަރަށް ގިން ދުވަސް ކޮށްފައި ޝަރުމީލާ ވަނީ މި މަހުގެ 3 ވަނަ ދުވަހުގެ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ދެއްކި "ގުމްރާހް" އިން ފެނިގެން ގޮސްފައިއެވެ.
ކޮމެންޓު ފޮނުވާ