5 ދަރިވަރުން ސްޓިމިއުލޭޓަރ ފްލައިޓް ޓްރެއިނިން ފުރިހަމަކޮށްފި

5 ދަރިވަރުން ސްޓިމިއުލޭޓަރ ފްލައިޓް ޓްރެއިނިން ފުރިހަމަކޮށްފި

Author
އަޒްފާ ރަޝީދު
07 މާރޗް 2023 03:04
0

މޯލްޑިވްސް އޭވިއޭޝަން އެކެޑެމީން ފުރަތަމަ ފަހަރަށް ހިންގި ސްޓިމިއުލޭޓަރ ފްލައިޓް ޓްރެއިނިން 5 ދަރިވަރުން ފުރިހަމަކޮށްފިއެވެ.

މިއީ ރާއްޖޭގެ އެކެޑަމީއަކުން ސްޓިމިއުލޭޓަރ ފްލައިޓް ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް އޭވިއޭޝަން އެކަޑަމީއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އައިލެންޑް އޭވިއޭޝަނާއި ޤައުމީ ޔުނިވަރސިޓީ ގުޅިގެން ހިންގާ އެކަޑަމީއެކެެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މި އެކެޑަމީ އުފެއްދީ ކުރީގެ ސަރުކާރުން ގާއިމްކުރި ފްލައިންގ ސްކޫލްގެ އެކި މައްސަލަތައް ފެންމަތިވެ، ދަރިވަރުންގެ ކިޔެވުން މެދުކަނޑާލަން ޖެހުމުން، ދަރިވަރުންނަށް ކިޔެވޭނެ މަގު ފަހިކޮށްދިނުމަށެވެ.

އެކެޑަމީން ފުރަތަމަ ފަހަރަށް ކުރިއަށްގެންދިޔަ މި ސްޓިމިއުލޭޓަރ ތަމްރީން ޕްރޮގްރާމްގައި 5 ދަރިވަރުން ބައިވެރިވެފައިވާއިރު، މިތަމްރީން ޕްރޮގްރާމްގެ މަޤްޞަދަކީ ދަރިވަރުން ޕައިލެޓުންނަށް ވުމުގެ ކުރިން ސްޓިމިއުލޭޓަރގައި ފުރިހަމަކުރަންޖެހޭ ގަޑިތައް ފުރިހަމަކުރުމަށް އެހީތެރިވުމެވެ.

މިޕްރޮގްރާމްގެ ދަށުން ޕައިލެޓުންނަށްވުމުގެ ކުރިން ސްޓިމިއުލެޓަރގައި 3 ގަޑިއިރު ފުރިހަމަކުރަންޖެހެއެވެ. އަދި ކަނޑައެޅިފައިވާ ގަޑިތައް ފުރިހަމަކުރުމަށްފަހު އެދަރިވަރުންނަށް ޕައިލެޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނެކަމަށް އެކަޑަމީއިން މަޢުލޫމާތުދެއެވެ.

މޯލްޑިވްސް އޭވިއޭޝަން އެކެޑަމީގެ ކިޔެވުން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 10ވަނަ ދުވަހުއެވެ. މިހާރު މިއެކެޑެމީގައި ޖުމްލަ 25 ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާކަމަށް އެ އެކެޑަމީން ބުނެއެވެ. އޭގެތެރެއިން ގިނަ ދަރިވަރުންނަކީ މީގެކުރިން ލަންކާގެ އޭޝިއަން އެކެޑެމީ އޮފް އޭއިރޮނޯޓިކްސްއިން އައްޑޫގައި ހިންގި ފްލައިން ސްކޫލުގައި ކިޔަވަމުންދިޔަ ދަރިވަރުންނެވެ.

މޯލްޑިވްސް އޭވިއޭޝަން އެކެޑަމީން ބުނީ މިއަހަރުގެ ޖޫންމަހު ދަރިވަރުންގެ އައު ބެޗެއް ތަމްޜީންކުރުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އަދި އިތުރު ޕްރޮގްރާމްތައްވެސް ތަޢާރަފްކުރުމަށް މަސައްކަތްކުރުމަށްދާކަމަށް އެ އެކެޑަމީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.