ރިޔާސީ އިންތިޚާބާމެދު ޖޭޕީން ގޮތެއް ނިންމުމުގެ ބާރު ޤާސިމަށް!

ރިޔާސީ އިންތިޚާބާމެދު ޖޭޕީން ގޮތެއް ނިންމުމުގެ ބާރު ޤާސިމަށް!

Author
ޢަލީ އާދަމް
06 މާރޗް 2023 09:08
0

ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން އަންނަ ރިޔާސީ އިންތިޚާބުގައި ޢަމަލުކުރާނެ ގޮތެއް ނިންމުމުގެ ބާރު އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް އެރުވުމަށް އެޕާޓީގެ ކައުންސިލުން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކުރީ މިއަދު އޮތް ޖޭޕީގެ ކައުންސިލުގެ ބައްދަލުވުމުންނެވެ. މިދިޔަ މަހު ބޭއްވި އެޕާޓީގެ ޤައުމީ ކޮންފަރެންސްއަށް ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ޤާސިމް ވާދަކުރެއްވުމަށް ގޮވާލައި ހުށަހެޅި ގަރާރެއް ފާސްކޮށްފައެވެ. އެޤަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު (އަބުޅޯ)އެވެ. އެޤަރާރު ފާސްކުރީ ކޮންގްރެސްގެ 400އަށް ވުރެ ގިނަ މެމްބަރުންގެ އިއްތިފާގުންނެވެ.

އެހެންނަމަވެސް އެޤަރާރާމެދު ގޮތެއް ނިންމޭނީ ޕާޓީގެ ކައުންސިލުންކަމަށް ޖޭޕީން ވަނީ ކުރިންވެސް ބުނެފައެވެ. އަދި އެއީ ޢަމަލުކުރުން ލާޒިމް ޤަރާރެއް ނޫންކަމަށް ގާސިމްވެސް ވަނީ ވިދާޅުވެފައެވެ.

ޖޭޕީގެ ކައުންސިލުގެ މިއަދުގެ ބައްދަލުވުމުގައި އަންނަ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަކުރުމަށް ނިންމުމާއި ކޯލިޝަން ހެދުމުގެ ބާރުވެސް ގާސިމަށް ދޭން ވަނީ ހުށަހެޅުމެއް ހުށަހަޅާފައެވެ. އެހުށަހެޅުން ހުށަހެޅުއްވީ ކައުންސިލް މެމްބަރު މުހައްމަދު ނާޒިލެވެ. ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންވަނީ މިކަން ފާސްވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.