އާލިއާ ކަޝްމީރުގައި ޝޫޓިން ފަށައިފި

އާލިއާ ކަޝްމީރުގައި ޝޫޓިން ފަށައިފި

Author
ފާތިމަތު ނާވީ
06 މާރޗް 2023 08:24
0

ބޮލީވުޑްގެ މަގުބޫލު ބަތަލާ އާލިއާ ބަޓް ދަރިއަކު ލިބުން ފަހުން ފުރަތަމަ ފަހަރަށް ފިލްްމްއެއްގެ ޝޫޓިންގ ގައި ބައިވެރި ވެއްޖެއެވެ. މިދިއަ އަހަރުގެ ނިވެމްބަރު މަހުގެ 6 ވަނަ ދުވަހު ދަރިއަކު ލިބުން އާލިއާ ޝޫޓިން ފަށައިފައި ވަނި ކަޝްމީރުގައިއެވެ.

އޭނާ ކަޝްމީރުގައި ނަގަމުން އަންނަ ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިން ޝޫޓް ނުކުރެވި އޮތް ހަމައެކަނި ލަވަ އެވެ. މި ފިލްމް އަކީ އާލިއާ ވިހެއުމުގެ ކުރިން ޝޫޓިން ނިންމައިފައި އޮތް ފިލްމް އެކެވެ. އާލިއާ ބަނޑޫބޮޑުކަން އިއުލާން ކުރުމާއި އެކުގައި ފިލްމް ގެ ލަވަ ޝޫޓް ނުކުރެވި އޮތީއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

ކުރިން ނިންމައިފައި އޮތީ މި ލަވަ ޔޫރަޕުގައި ޝޫޓް ކުރުމަށެވެ. ނަމަވެސް ދަރިފުޅު ބާއްވާފައި އެހާ ދުރު ހިސާބަކަށް ދާން އަދި އާލިއާ ބޭނުން ނުވާތީ ފިލްމްގެ ޑައިރެކްޓަރު ކަރަން ވަނީ ކަޝްމީރުގެ ހިތްގައިމު ހިސާބުތަކުގައި ލަވަ ނެގުމަށް ނިންމައިފައިއެވެ.

މީގެ ތިން ދުވަސް ކުރިން ފެށިގެން ލަވައިގެ ޝޫޓިން ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. މި ލޯބީގެ ލަވަ އަކީ ކަރަން، އޭނަ މެންޓޯއެއްގެ ގޮތުގައި އަބަދު ވެސް ބަލަމުން އައި ކުރީގެ ޑައިރެކްޓަރު ޔާޝް ޗޯޕްޅާ އަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި ހަދާ ލަވައެކެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

މި އަހަރުގެ ޖުލައި 29 އަށް ތާވަލުކޮށްފައިވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ކަރަންއާ އެކީ އާލިއާ މަސައްކަތްކުރާ ދެވަނަ ފިލްމެވެ. ވަރަށް އުންމީދީ ފިލްމް އެއްގެ ގޮތުގައި ބެލެވޭ މި ފިލްމްގެ ލީޑުން އާލިއާ އާއި އެކުގައި ފެނިގެންދާނީ ރަންވީރު ސިންގްއެވެ. މި ފިލްމްގެ ކާސްޓުގައި ދަރުމެންދުރާ، ޖަޔާ ބައްޗަން އަދި ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.