މަނޫޝީ ތެލެގޫ ފިލްމަކަށް ސޮއިކޮށްފި

މަނޫޝީ ތެލެގޫ ފިލްމަކަށް ސޮއިކޮށްފި

Author
ފާތިމަތު ނާވީ
05 މާރޗް 2023 06:58
0

މިދިއަ އަހަރު އަކްޝޭ ކުމާރު އާއި އެކުގައި ފިލްމް "ސަމްރާޓް ޕްރިތްވީރާޖް" އިން ބޮލީވުޑް އަށް ތައާރަފްވި ރީތީގެ ރާނީ މަނޫޝީ ޗިއްލަރު ތެލެގޫ ފިލްމަކަށް ސޮއިކޮށްފި އެވެ.

2017 ވަނަ މިސްވޯލްޑްގެ ތާޖު ހާސިލު ކުރި ރީތި ބަތަލާ ބޮލީވުޑް އަށް ތައާރްފވި ފިލްމް އަކީ ބޮޑު ފްލޮޕްއެކެވެ. އެފަހުން އަދި އޭނާގެ ފިލްމް އެއް މިހާތަނަށް ރިލީޒްއެއް ނުވެއެވެ. ނަމަވެސް ވަރަށް ފަހުން އޭނާ ވަނީ ޖޯން އަބްރްހަމް އާއި އެކުގައި ފެނިގެންދާ ފިލްމް "ތެހްރާން" ގެ ޝޫޓިން ނިންމައިފައިއެވެ.

 

View this post on Instagram

 

A post shared by Manushi Chhillar (@manushi_chhillar)

މީގެ އިތުރުން ވެސް "ދަ ގްރޭޓް އިންޑިއަން ފެމެލީ" ކިޔާ ފިލްމް އަކުންވެސް އޭނާ ފެނިގެންދާނެއެވެ. ނަމަވެސް މި ދެ ފިލްމް އިން ކުރެ އެއްވެސް ފިލްމް އެއް ރިލީޒް ވާނެ ތާރީހެއް އަދި ނޭގެއެވެ.

އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ހަގީގީ ހާދިސާއަކަށް ބިނާކޮށް ހަދާ މި އޭރިއަލް އެކްޝަން ޑްރާމާ ގެ އިންޓްރޮޑަކްޝަން ޓީޒާ މިހާރު ވަނީ ދައްކައިލައިފައިއެވެ. މި ފިލްމް ހިންދީ ބަހުންވެސް ގެނެސްދޭނެ ކަމަށް ވެއެވެ.

 

View this post on Instagram

 

A post shared by Manushi Chhillar (@manushi_chhillar)

މި ފިލްމް ގައި މަނޫޝި ފެނިގެން ދާނީ ސައުތުގެ މަޝްހޫރު އެކްޓަރެއް ކަމުގައިވާ ވަރުން ތޭޖް އާއި އެކުގައިއެވެ. ވަރުން އަކީ ކާމިޔާބު ފިލްްމ ތަކަކުން ފެނިގެން ގޮސްފައިވާ އެކްޓަރެކެވެ.

 

View this post on Instagram

 

A post shared by Varun Tej Konidela (@varunkonidela7)

މި ފިލްމުގެ ޑައިރެކްޓަރަކީ އަލަށް ފީޗާ ފިލްމު ޑައިރެކްޝަނަށް ނުކުތް، ޓީވީ އިޝްތިހާރުތައް ހަދާ ޝަކްތީ ޕްރަތާބް ސިންގް ހާޑާ އެވެ. ނަމަވެސް ދި ފިލްމް ގެ ޝޫޓިން ނުފަށައެވެ. އަދި ހަމަ އެހެންމެ ފިލްމް ރިލީޒް ކުރާ ތާރީހެއް ވެސް އަދި އިއުލާނެއް ނުކުރެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.