ބޮލީވުޑްގެ ގިނަ ތަރިންނާއި ހިލާފަށް ޝްރައްދާ ކަޕޫރު އޭނާގެ އުފަންދުވަސް ފާހަގަކުރަން އިސްކަން ދެނީ ގޭގެ ހިތްހަމަޖެހުމާއި އާއިލާގެ މެދުގައި ކަމަށް އޭނާ ބުނެފިއެވެ. އޭނާ ބުނާ ގޮތުގައި ގޮތުގައި އޭނާގެ ހާއްސަ ދުވަހު އޭނާ ކުރަން ބޭނުންވާ ކަމަކީ މަސައްކަތް ހުއްޓާލައި މައިންބަފައިން ކަމަށްވާ ޝަކްތީ ކަޕޫރު ޝިވާންގީ ކަޕޫރަށް ގެއަށް ދިއުމެވެ.
ޝްރައްދާ ބުނީ އޭނާގެ ހާއްސަ ދުވަހުގައި މާ ބޮޑޫ ޑިމާންޑެއް ނެތް ކަމަށެވެ. އަދި އޭނާގެ ބައްޕަ އަބަދުވެސް ސުވާލު ކުރަނީ ކޮން ހަދިޔާއެއް ދޭންވީތޯ ކަމަށް އޭނާ ވަނީ ބުނެފައިއެވެ. މައިންބަފައިން އަހަރެންނަށް ކޮށްދިން ކަންކަމުގެ ބަދަލު އަދާ ނުކުރެވޭނެ ކަމަށާއި އެމީހުން އަބަދުވެސް އެއްޗެއް ހަދިޔާކުރަން މަސައްކަތް ކުރި ނަމަވެސް ދެކޮޅު ހަދާ ކަމަށް ބުނެފައި ވެއެވެ..
"މަންމަ އާއި ބައްޕަގެ ކިބައިން އެދެނީ ހަމައެކަނި ބޭނުން ވާ އެއްޗަކީ އެމީހުންގެ ވަގުތު. އަހަރެންނާއި އެކުގައި ހޭދަ ކޮށްލާނެ ވަގުތު. އެމީހުން ވަގުތު ދިނުމުން އަހަރެންނަށް އެންމެ އަގުބޮޑު ހަދިޔާ އެ ލިބުނީ. އަދި ވަގުތު ދޭވެސްމެ. އެއީ އެންމެ މިދުނިޔޭން އަހަރެންނަށް ލިބޭނެ އެންމެ އަގުބޮޑު ހަދިޔާ."
އަންނަ ހަފުތާގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ތޫ ޖޫތީ މޭ މައްކަރް"ގެ ޕްރޮމޯޝަންގައި ވަރަށް ބިޒީ ކޮށް އުޅެމުން އަންނަ ޝްރައްދޭގެ ބިޒީ ޝެޑިއުލް އޮތް ނަމަވެސް ދުވާލުގެ ބައެއް އެންމެ ފުރަތަމަ އާއިލާއާ އެކު ހޭދަކުރާނެ ކަމަށް އޭނާ ވަނި ބުނެފައިއެވެ. "ތޫ ޖޫތީ މޭ މައްކަރް" އަކީ ރޮމޭންޓިކް ފިލްމްއެކެވެ. ޝްރައްދާ އާއި އެކުގައި މިފިލްމް އިން ފެނިގެންދާނީ ރަންބީރު ކަޕޫރުއެވެ.
ކޮމެންޓު ފޮނުވާ