ދާދި ފަހުން ބާލިނާލޭ އިން އެނބުރި އައި ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ "ބަޑޭ މިޔާ ޗޯޓޭ މިޔާ" ގެ ކާސްޓާއި ގުޅިއްޖެއެވެ.
ފިލްމުގެ ޔުނިޓުން ދާދި ފަހުން ފިލްމުގެ ޝެޑިއުލްގެ މުމްބާއީ ގައި ނިންމާލައިފިއެވެ. މިހާރު ޝޫޓިން ސްކޮޓްލޭންޑްގައި ކުރަމުން އަންނަ އިރު، އޭގެ ބީޓީއެސް ފޮޓޯ މިދިޔަ ބުރާސްފަތި ދުވަހު ފިލްމުގެ ޕްރޮޑިއުސަރު ޖެކީ ބަގްނާނީ ވަނީ ހިއްސާކޮށްފައެވެ. ސްކޮޓްލޭންޑް ޝެޑިއުލް އަށް ފަހު އަބޫދާބީ ޝެޑިއުލް އޮންނާނީ މާޗް މަހުގެ ނިޔަލަށެވެ.
"ބަޑޭ މިޔާ ޗޯޓޭ މިޔާ" ގެ ޓީމް އާއި އޭނާ ގުޅުމާ ބެހޭ ގޮތުން ސޮނާކްޝީ ބުނީ "ބަޑޭ މިޔާ ޗޯޓޭ މިޔާ" ގެ މި ހިތްގައިމު އެންސެމްބަލް ކާސްޓުންގެ ތެރޭގައި ހިމެނުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. އަކްޝޭއާ އެކު މަސައްކަތް ކުރަން ލިބުމަކީ އަބަދުވެސް ލިބޭ އުފަލެއް ކަމަށާއި ޓައިގާއާ އެކު ފުރަތަމަ ފަހަރަށް މަސައްކަތް ކުރަން އުއްމީދު ކުރާ ކަމަށް ބުންޏެވެ.
"ބަޑޭ މިއާން ޗޯޓޭ މިއާން" ގެ ލީޑް ރޯލުން ފެނިގެންދާނީ އިންޑިއާގެ އެންމެ ބޮޑު ދެ އެކްޝަން ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފްއެވެ. މީގެ ކާސްޓުގައި މަނޫޝީ ޗިއްލަރުވެސް ހިމެނެއެވެ.
ފިލްމުގެ ޑައިރެކްޓަރަށް ތައުރީފުކޮށް ސޮނާކްޝީ ބުނީ އަލީ އައްބާސް ޒަފަރަކީ ވަރަށް މޮޅު ޑައިރެކްޓަރެއް ކަމަށާއި މި ފިލްމަކީ ބްލޮކްބަސްޓާއަކަށް ވާނެ ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.
ސޮނާކީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ވެބްސީރީޒް "ހީރާމަންޑީ" އިންނެވެ. ބޮޑު ކާސްޓެއް ހިމެނޭ މި ވެބް ސީރިޒް އަކީ ސަންޖޭ ލީލާ ބަންސާލީ ނެޓްފްލިކްސް އަށް ހަދާ އެއްޗެކެވެ. މީގެ އިތުރުން އެކްސެލް އެންޓަޓެއިންމަންޓް އެންޑް ޓައިގާ ބޭބީ ފިލްމްސް "ދަހާދު" ވެސް ސޮނާކްސީ ފެނިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ