ދާދި މިދާކަށް ދުވަހުގައި ޝޫޓިންގ ފެށި "ހޭރާ ޕޭރީ3″ ފެށެނީ އޭގެ އެންމެ ފަހުގެ ފިލްމް "ހޭރާ ޕޭރީ2″ ނިމުން ހިސާބުން ކަމަށް މުނިފޫހި ފިލުވުނުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.
"ހެރާ ފެރީ 3″ އާ ގުޅޭ އެންމެ ފަހުގެ އަޕްޑޭޓް އަށް ބަލާއިރުގައި މިދިއަ ހަފްތާގައި ވަނީ މި ފިލްމް ގެ ހާސް ޕްރޮމޯ އެއް ޝޫޓް ކޮށްފައިއެވެ. މި ޕްރޮމޯ ގައި މި ފްރެންޗައިޒްގެ ލީޑުން ފެނިގެންދާ ތިން ތަރިން ވަނީ ބައިވެރި ވެފައިއެވެ.
މި ފިލްމް ގެ ލީޑުން ފެނިގެންދަނީ އަކްޝޭ ކުމާރު އާއި ސުނިލް ޝެޓީ ގެ އިތުރުން ޕަރޭޝް ރާވަލްއެވެ. ހެއްވާ މަޖާ ކަންތަށްތަކެއް ދައްކުވައިދޭ މި ފިލްމް އަކީ ވަރަށް ކާމިޔާބު އަދި ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ފިލްމްއެކެވެ.
"ހެރާ ފެރީ 3″ ގެ ޝޫޓިން މިއަހަުރ ނިންމާލުމަށްފަހުގައި، ބޮޑު ސްކްރީނަށް އަންނާނީ 2024 ވަނަ އަހަރު ކަމަށްވެސް މައުލުމާތުލިބެއެވެ. އެންމެ ފަހުގެ އަޕްޑޭޓްތަށް ބުނާގޮތުގައި މި ފިލްމް ފެށުމަށް ހަމަޖެހިފައި ވަނީ އެންމެ ފަހުން ގެނެސްދިން ފިލްމް ނިމުން ހިސާބުން ކަމަށެވެ.
މިއީ އަކްޝޭ އާއި ސުނިލް ޝެޓީގެ އިތުރުން ޕަރޭޝް ރާވަލާ އެކު ގެނެސްދެމުން އައި އެއްޗެކެވެ. "ހީރާ ޕޭރީ" ގެ ފުރަތަމަ ބައި 2000 ވަނަ އަހަރު ގެނެސްދިނުމަށް ފަހު. "ޕިރް ހީރާ ޕޭރީ" ގެނެސްދިނީ 2006 ގަ އެވެ. ފުރަތަމަ ބައި ޑައިރެކްޓްކުރީ ޕްރިޔަދަރުޝަނެވެ. ދެވަނަ ބައި ހެދީ 2017 ގައި މަރުވި ނީރަޖް ވޯރާ އެވެ.
ކޮމެންޓު ފޮނުވާ