ރެމޯގެ "ޑާންސިން ޑޭޑް" އަށް ސަލްމާންގެ ބަދަލުގައި އަބިޝޭކް

ރެމޯގެ "ޑާންސިން ޑޭޑް" އަށް ސަލްމާންގެ ބަދަލުގައި އަބިޝޭކް

Author
ފާތިމަތު ނާވީ
01 މާރޗް 2023 06:58
0

ޑައިރެކްޓަރު އަދި މަޝްހޫރު ކޮރިއޮގްރާފަރު ރެމޯ ޑި ސޫޒާ "ޑާންސިން ޑޭޑް" ގެ ނަމުގައި ހަދަން ނިންމައފައިވާ ފިލްމް ގެ ލީޑުން ފެނިގެންދާނެ ކަމަށް މީގެ ކުރިން ބުނެފައި ވަނީ ސަލްމާން ހާންއެވެ.

ނަމަވެސް އެންމެ ފަހުން ހަބަރުތަށް ބުނާގޮތުގައި މި ފިލްމް އިން ސަލްމާންގެ ބަދަލުގައި ފެނިގެންދާނީ އަބިޝޭކް ބަޗަންއެވެ. ނަމަވެސް ސަލްމާންގެ މަޝްހޫރު ކަމާއި އަޅާ ބަލާއިރުގައި އަބިޝޭކް އަކީ އެފަންތީގައި ގުނައިލެވޭ ފަންނާނެއް ނޫނެވެ.

އަނެއް ކޮޅުން ސަލްމާން އާއި އަބިޝޭކް އާއި ދެމީހުންގެ މެދުގައި ކުރިންސުރެވެސް އަންނަނީ ފިނި ހަގުރާމައެއް ކުރެވެމުންނެވެ. އެމީހުންގެ މެދުގައި ޖެހުނު މައްސަަލައަކީ ބޮލީވުޑްގެ އެންމެ ރީތި އެއް ބަތަލާ އައިޝްވަރްޔާ ރާނީއެވެ. އަބިޝެކް އާއި ކައިވެނި ކުރުމުގެ ކުރިން އައިޝްވަރްޔާ ވަނި ގިނަ ދުވަސްތަކެއް ވަންދެއް ސަލްމާން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅެފައިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ފިލްމް ސަލްމާން ނުކުޅެން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ކުޅުން 2018 ގެ "ރޭސް 3″ ފްލޮޕްވުމާ ގުޅިގެންނެވެ. ރޭސް އަކީ ބޮކްސް އޮފީގަުއ ބޮޑު ކާމިޔާބެއް ހޯދި ފިލްމްއެކެވެ. ނަމަވެސް ރޭސް 3″ ގެ ނާކާމިޔާބީ ގެ އިތުރުން ފިލްމް އަށް ލިބިގެން ދިއަ ފާޑުކިޔުންތަކުގެ ސަބަބުންނެވެ. "ރޭސް 3″ ގެ ޑައިރެކްޓަރަކީ ރެމޯ ޑި ސޫޒާއެވެ.

ޕިންކްވިލާ އިން ބުނީ 2017 ގައި ސަލްމާނާ އެކީ ރެމޯ ހަދަން ޕްލޭންކުރި "ޑާންސިން ޑޭޑް" ގެ ޝޫޓިން މި މަހުގެ ތެރޭގައި އަބީޝެކާ އެކީ ފަށާނެ ކަމަށެވެ. "ޑާންސިން ޑޭޑް" އަކީ ސްޓްރީމިން ޕްލެޓްފޯމަކަށް ހަދަން ނިންމައިފައިވާ ފިލްްމއެކެވެ. ފިލްމް އިން ދެ ބަތަލާ އަކު ފެނިގެންދާނެއެވެ. މި ފިލްމު ވާނީ ރެމޯއާ އެކީ އަބިޝޭކް މަސައްކަތް ކުރާ ފުރަތަމަ ފިލްމް އަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.