ނާޕޯލީގެ ދަނޑުގެ ނަން މެރަޑޯނާގެ ނަމަށް!

ނާޕޯލީގެ ދަނޑުގެ ނަން މެރަޑޯނާގެ ނަމަށް!

Author
އިބްރާހީމް ސާޢިދު
27 ނޮވެމްބަރ 2020 08:39
0

މަރަޑޯނާގެ ޝަރަފުގައި ނާޕޯލީގެ ސޭން ޕައޮލޯ ސްޓޭޑިއަމްގެ ނަން ޑިއެގޯ އަރްމަންޑޯ މަރަޑޯނާގެ ނަމަށް ބަދަލުކުރާނެ ކަމަށް ނާޕޯލީން ހާމަކޮށްފިއެވެ.

މަރަޑޯނާ މަރުވި ކަމުގެ ހަބަރާއެކު ނަޕޯލީގެ މޭޔަރުކުރި ޓުވީޓެއްގައި ބުނެފައިވަނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ޑިއެގޯ މަރަޑޯނާ ރައްޔިތުން ދެކެމުން އައި އެތައް ހުވަފެންތަކުގައި ކުލަ ޖައްސައި ދިން ކަމަށެވެ. މަރަޑޯނާ ނާޕޯލީއަށް ބަދަލުވީ ބާސާގައި ހުރުމަށް ފަހު 1984 ވަނަ އަހަރުއެވެ. އޭނާ ނާޕޯލީއަށް ބަދަލުވި ސީޒަނުގައި 14 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވެއެވެ.

މަރަޑޯނާ ވަނީ ނާޕޯލީގެ ހަމައެކަނި އިޓާލިއަން ލީގް އޭނާގެ އިސް ދައުރަކާއި އެކު ހޯދައިދީފައެވެ. އެފަހުން އަދި އިޓަލީގެ ލީގެއް ނަޕޯލީއަަކަށް ހޯދިފައެއްނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.