ހަޔާތުގައި މިވަގުތު އެއްވެސް ބައިވެރި އެއް ނެއް ކަމަށާއި ހުރީ ހުސްހަށި ބަޔަށް ކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ ޕަރިނީތީ ޗޯޕްރާ ބުނެފިއެވެ. އަދި އޭނާ އަށް ރަނގަޅު ބައިވެރިއެއް ހޯދައި ދިނުމަށް ވެސް ވަނި ބުނެފައިއެވެ.
34 އަހަރުގެ ބަތަލާ އާއި ބެހޭ ގޮތުން އެއްވެސް ވަރަކަށް ބޮލީވުޑްގެ ތަރިއަކާއި މިހާތަނަށް އަޅުވައި ކިޔައިފައިއެއް ނުވެއެވެ. މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ދެބެންގެ ދެދަރި ޕަރިނީތީ ބުނީ ހެޔޮލަފާ ފިރިހެންކުއްޖަކު ހޯދައިދިނުމަށެވެ. އަދި އޭރުން އޭނާގެ އަމިއްލަ ދިރިއުޅުން ފުރިހަމަވީ ކަމަށްވެސް ބުނެފައިވެއެވެ.
"އެއްވެސް ރެކޮމެންޑޭޝަނެއް އޮތިއްޔާ އަހަރެން މިހިރީ އަޑުއަހަން، ބޭނުން ވަނި އަހަރެން ގޮވައިގެން އުޅެވޭ ވަރުގެ ގާބިލު މީހެއް"
މީ އޭނާ ކޮށްލި ސަމާސާ އަކަށް ވިއަސް ވަރަށް ސީރިއަސްކޮން އޭނާ އެކަމާއި ވިސަނާ ކަމަށްވެސް ޕަރީ ވަނީ ބުނެފައިއެވެ. އަދި ޕްރިޔަންކާ ފަދައިން އޭނާ ވެސް ބޭނުން ވަނީ މިހާރު ކައިވެންޏެއް ކޮށް ކުދިން ހޯދަން ކަމަށް ވަނީ ބުނެފައިއެވެ.
"އަދި އަހަރެންގެ ހަޔާތުގައި ބައިވެރިޔަކު ނެތް. އަހަރެންގެ ހާއްސަ މީހާއާ އަދި ދިމައެއް ނުވޭ، އެބުނާ ހުވަފެނުގެ ރާޖާ އަދި ނުފެނޭ"
މިއާއި ވިދިގެން އޭނާ ބުނީ އަމިއްލަ ދިރިއުޅުން ކާމިޔާބު ވާން އެދޭފަދައިން އޭނާގެ ކެރިއަރުވެސް ވަރަށް ބޮޑަށް ކަމާިޔާބު ވާން އެދެވޭ ކަމަށެވެ. އަދި ކަިއވެނި ކޮށް ދަރިން ހޯޑި ކަމުގައި ވިޔަސް ކެރިއަރު ދޫކޮށް ލާން ބޭނުން ނޫން ކަމަށްވެސް ބުނެފައިއެވެ.
2011ގެ 'ލޭޑީސް ވާސަސް ރިކީ ބާލް' އިން ބޮލީވުޑްއަށް އަށް ތާއާރަފް ވި ބަތަލާ އެންމެ ފަހުން ފެނިގެންދިއައީ މިދިއަ އަހަރުގެ ފިލްމް "އޫޗާއީ" އިންނެވެ. އެފިލްމް އަކީ މިދިއަ އަހަގައި ފްލޮޕް ވި ގިނަފިލްމް ތަކާއި އަޅާބަލާ އިރުގައި ރަނގަޅު އާމްދަނިއެއް ހޯދި ފިލްމްއެކެވެ.
ކޮމެންޓު ފޮނުވާ