އެމްއެމްޕީއާރުސީ މައްސަލާގައި ނަވީންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރުސީ މައްސަލާގައި ނަވީންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

Author
މުޙައްމަދު ޝަޒައިމް
27 ފެބްރުއަރީ 2023 11:21
0

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އެމްއެންޑީއެފްގެ އިސް އޮފިސަރެއް ކަމަށްވާ އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ބުނީ އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ ކ. މާލެ، މ. ކަށިމާގެ އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފައިވާކަމަށެވެ.

މިމައްސަލައިގައި ނަވީން ޒުބައިރުގެ މައްޗަށް ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ރިޝްވަތު ހިފުމާއި، ރިޝްވަތު ލިބިގަތުމަށް އެދުމާއި، ރިޝްވަތު ލިބިގަތުމަށް އެއްބަސްވުމާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކެޕްޓަންއެއްގެ މަޤާމުގައިހުރެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނުވަތަ ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ އިތުރުން، ރިޝްވަތުގެ ކުށުން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި ބޭނުންކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާއެވެ.

މިއާއެކު މިމައްސަލައިގައި ދަޢުލަތަށް ލިބެންޖެހޭ 100,000.00 (އެއްލައްކަ އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)އަށް ވަނީ އަންގާފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެމްއެންޑީއެފްގެ ވަޒީފާއިން ޒުބައިރު ސަސްޕެންޑްކޮށްފައިވެސް ވެ އެވެ. އެއީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ނަވީނަކީ 1994 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފްގައި ހިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.