ވޯޓު ކަރުދާހުގައި ފޮޓޯ ނެތުމުން ޖޭޕީގެ މަޤާމުތަކަށް މެމްބަރުން ހޮވުން މާދަމައަށް ފަސްކޮށްފިއެވެ.
މިއަދު ފެށި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އެޕާޓީގެ ނައިބް ލީޑަރުގެ މަޤާމަށާއި، ކައުންސިލަށް މެމްބަރުން ހޮވުމަށް ވޯޓުލުން އެޖެންޑާކޮށްފައިވަނީ މިރެއަށެވެ. ނަމަވެސް މިއަދު ހަވީރު ކުރިއަށްދިޔަ އަސާސީ ގަވާދަށް އިސްލާހު ހުށަހެޅުމުގެ ބަޔަށްފަހު އިންތިޚާބު ކުރަންޖެހޭ މަޤާމުތަކާއި ގުޅޭގޮތުން ހުޅުވާލުމުން ބައެއް މެމްބަރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކަންބޮޑުވުން ފާޅު ކުރި މެމްބަރުންގެ ހުރި ކަންބޮޑުވުނަމީ ވޯޓު ކަރުދާހުގައި ނަން ނެތުމެވެ. އެމެމްބަރުން ބުނީ ވޯޓު ކަރުދާހުގައި ފޮޓޯ ހުންނާނެކަމަށް ކުރިން ބުނިކަމަށެވެ. ނަމަވެސް ކަރުދާހުގައި ނަންނެތުމުން މިރޭ ކުރިއަށް ގެންދަން އޮތް ވޯޓުގެ ކަންކަން މާދަމައަށް ވަނީ ފަސްކޮށްފައެވެ.
އެހެންކަމުން މިރޭ އޮންނާނީ ރޭގަނޑުގެ ކެއުން އެކަންޏެވެ. ކޮންފަރެންސް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ މިކޮންފަރެންސަކީ އެޕާޓީގެ ކުރިމަގުގެ މުހިންމު ނިންމުތަކެއް ނިންމިގެންދާނެ ކޮންފަރެންސެއްކަމަށެވެ. ޤާސިމް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ޖުމްހޫރީ ޕާޓީއަކީ މުހިންމު ދައުރެއް އަދާކުރާ ޕާޓީއެއްކަމަށެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި އިންތިޚާބުވި ކޮންމެ ވެރިކަމަކީވެސް ޖުމްހޫރީ ޕާޓީގެ ފުރިހަމަ ބައިވެރިވުމާއެކު އުފެދުނު ވެރިކަން ތަކެއްކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ސިޔާސީ މަސައްކަތް ކުރައްވާ ކޮންމެ ބޭފުޅަކީވެސް އެކަމުގައި ގިނަ ގޮންޖެހުންތަކާއި، ކާމިޔާބީވެސް އޮތްކަމަށްދެކި މަސައްކަތް ކުރައްވަންޖެހޭ ބޭފުޅެއް ކަމަށެވެ. އަދި ބައެއްފަހަރު ޖަލަށް ދާންޖެހުމާއި، ސިޔާސީ ގޮތުން ބަލިވުމާއި މިކަންކަމަކީ އޭގެ ބަދަލު ފަހުން ހިފަންޖެހޭ ކަންކަމެއް ނޫންކަމަށާއި، ކޮންމެ ކަމެއްގައިވެސް މަސައްކަތް ކުރަންވާނީ ހެޔޮ ނިޔަތުގައި ކަމަށް ޤާސިމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ