ކާތިކް ގެ "އާޝިގީ 3″ އަށް ސާރާ އާއި އެކު އިތުރު ބަތަލާ އަކު ހޯދަނީ

ކާތިކް ގެ "އާޝިގީ 3″ އަށް ސާރާ އާއި އެކު އިތުރު ބަތަލާ އަކު ހޯދަނީ

Author
ފާތިމަތު ނާވީ
24 ފެބްރުއަރީ 2023 04:41
0

ވިޝޭޝް ފިލްމްސް އާއި ޓީ ސީރީޒުން 1990 ވަނަ އަހަރު ގެނެސްދިން މިއުޒިކަލް ހިޓް ފިލްމު "އާޝިގީ 2″ގެ ސީކުއެލް އިއުލާން ކޮށްފައި ވަނީ ލީޑު އެކްޓަރު ގެ ރޯލުން ކާތިކް އާރިޔާން ފެންނާނެ ކަމަށް ބުނެއެވެ. އަދި މީގެ ބަތަލާ އަކަށް ޒުވާން ތަރި ސާރާ އަލީ ހާން ސޮއި ކޮށްފައި ވާކަމަށްވެސް ހަބަރުތަށް ބުނެއެވެ.

އާޝީގީ އަކީ  މީގެ 20 އަހަރަށް ކުރިން ގެނެސްދިން ވަރަށް އަސަރުގަދަ ލޯބީގެ ފިލްމްއެކެވެ. އެ ފިލްމް އިން ފެނިގެން ގޮސްފައިވަނީ  ރާހުލް ރޯއި އާއި އަނޫ އަގަރްވާލް އެވެ. އަދި "އާޝިގީ 2″  ގެ ނަމުގައި ސީކުއަލް އެއް ނެރެފައި ވާއިރުގައި މި ފިލްމް ގެ ލީޑް ރޯލުން ފެނިގެންދިޔައީ އަދިތިޔާ ރޯއި ކަޕޫރާއި ޝްރަދާ ކަޕޫރެވެ. ފްރެންޗައިޒްގެ ތިން ވަނަ ފިލްމު "އާޝިގީ 3" ގެ ލީޑް ރޯލުން ފެނިގެންދާނީ ކާތިކް އާރްޔަން އެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

ސާރާ މި ފިލްމް އިން ފެނިގެންދ ގޮސްފި ނަމަ ނަމަ މިއީ 2020 ވަނަ އަހަރު ރިލީޒްކުރި އިމްތިޔާޒް އަލީގެ "ލަވް އާޖް ކަލް" އަށް ފަހު ސާރާ އާއި ކާތިކް އެކުގައި ފެނިގެންދާ ދެވަނަ  ފަހަރެވެ. އަދި ތިން ވަނަ ބަތަލާގެ ގޮތުގައި އިތުރު އަންހެން އެކްޓަރަކު ނެގުމަށް ވެސް ޕްރޮޑިއުސަރުން މަސައްކަތް ކުރަމުން އަންނަ ކަން ވެސް ވަނީ އެނގިފަ އެވެ. ނަމަވެސް އިތުރު ބަތަލާ އަކު އަދި އާނ ބަސް ބުނިކަމެއް އެނގިފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Sara Ali Khan (@saraalikhan95)

ކާތިކް އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ ހަފުތާގައި ރިލީޒްކުރި ރޯހިތު ދަވަންގެ "ޝެހެޒާދާ" އިންނެވެ. އޭނާގެ ކުރިއަށް ހުރި އެހެން ފިލްމުތަކަށް ބަލާއިރު ކިއާރާ އަދުވާނީއާ އެކު އޭނާ ކުޅެމުން އަންނަ "ސަތިޔަޕްރަމް ކީ ކަތާ" އާއި ޑައިރެކްޓަރު ކަބީރު ޚާނާ އަދި ނަމެއް ދީފައިނުވާ ޕްރޮޖެކްޓެއް އޭނާގެ އަތުގައި އެބަހުއްޓެވެ.

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.