ޑޮން 3″ އަށް ޝާހުގެ ބަދަލުގައި ކާތިކް?

ޑޮން 3″ އަށް ޝާހުގެ ބަދަލުގައި ކާތިކް?

ބޮލީވުޑްގެ ނަންބަރު ވަން އެކްތަރުގެ ގޮތުގައި ފާހަގަ ކުރެވޭ ޝާހުރުކް ހާން ގެ ފްރެންޗައިޒް ފިލްމް "ޑޯން" ގެ ތިންވަނަ ބައިގައި އޭނާގެ ބަދަލުގައި ފެނިގެންދާނީ ޒުވާން އެކްޓަރު ކާތިކް އާރިޔާން ކަމަށް ހަބަރުތަށް ބުނެފިއެވއެވެ.

ސޯޝަލް މީޑިއާގައި މި ވާހަކަ އަށް ވަރަށް ބޮޑަށް އަންނަނީ ބަހުސް ކުރެވެމުންނެވެ. މި ފިލްމް އަށް ޝާހުގެ ބަދަލުގައި ޒުވާން އެކްތަރު ކާތިކް އާރިޔާން ނެގި ކަމަށް އެމީހުން ބުނި ނަމަވެސް މިކަމަށް އަދި މިހާތަނަށް މި ފިލްމް އުފައްދާ ޑައިރެކްޓަރު ފަރުހާން އަޚްތަރާއި އޭނަގެ ފިލްމު ކުންފުނި، އެކްސަލް އެންޓަޓައިންމަންޓުން މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

މިވާހަކަ ތަކަށް ރަސްމީކޮން އަދި އެއްވެސް ބަހެއް ނުލިބެއެވެ. އެއްބަޔަކު ސޯޝަލް މީޑިއާގައި ކާތިކް އަށް ތައުރީފް ކޮށް ވާހަކަ ދައްކާއިރުގައި އަނެއްބަޔަކު ބުނަމުން އަންނަނި އުފައްދާ ނަމަ އުފައްދާ ހުރިހާ ފްރެންޒައިޒް ފިލްމް ތަށް ކާތިކް ކުޅޭ ކަމަށެވެ.

އެގޮތުން މީގެ ދުވަސް ކޮޅެއް ކުރިންވެސް ވަނީ މިވާހަކަ ތަށް ދެކެވިފައިއެވެ. އޭރުގައި ބުނެފައިވަނީ ކާތިކް ފެނިގެންދާނީ އަކްޝޭ ކުމާރުގެ ކާމިޔާބު ފްރެންޗައިޒް "ހޭރާ ޕޭރީ" އިން ކަމަށެވެ. ނަމަވެސް މި ވާހަކަތަށް ވެސް ބިލާހަކަށްވެ މިހާރު މި ފިލްމްގެ މައިގަނޑުން ފެނިން ތިން ތަރިން ކަމުގައިވާ އަކްޝޭ ކުމާރާއި ސުނިލް ޝެޓި އަދި ޕަރޭޝް ރާވަލް ވަނީ ފިލްމްގެ ޝޫޓިން ފަށައިފައިއެވެ.

ޝާހްރުކާ އެކީ ފަރުހާން 2006 ގައި "ޑޮން" ގެނެސްދިނުމަށް ފަހު، އޭގެ ދެވަނަ ބައި ގެނެސްދިނީ 2011 ގަ އެވެ. މީގެ ފުރަތަމަ ފިލްމް އިން ފެނިގެންދިއައީ ޝާހުރުކް ހާން އާއި ކަރީނާ ކަޕޫރު އަދި ޕްރިޔަންކާ ޗޯޕްރާއެވެ. ދެވަނަ ފިލްމް އިންވެސް ފެނިގެންދިއައީ ޝާހުރުކް އާއި އެކުގައި ޕްރިޔަންކާއެވެ. މި ފްރެންޗައިޒް އަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު އަދި ބޮކްސް އޮފީގަައި އެހާމެ ކާމިޔާބު ފިލްމްއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *