"ގަނަޕަތު" މި އަހަރުގެ އޮކްޓޯބަރު ގައި ސިނަމާތަކަށް

"ގަނަޕަތު" މި އަހަރުގެ އޮކްޓޯބަރު ގައި ސިނަމާތަކަށް

Author
ފާތިމަތު ނާވީ
24 ފެބްރުއަރީ 2023 07:59
0

ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޮފްގެ އެކްޝަން ތުރިލާ "ގަނަޕަތު: ޕާޓް 1″ މި އަހަރުގެ އޮކްޓޯބަރު 20 ގައި ސިނަމާތަކަށް ގެންނަން ނިންމައި އެކަން އިއުލާން ކޮށްފިއެވެ.

މިދިޔަ އަހަރު އަމީތާބް ބައްޗަނާ އެކީ "ގުޑް ބާއި" ގެނެސްދިން ޑައިރެކްޓަރު ވިކާސް ބާލް ގެ މި ފިލްމްގައި ޓައިގާގެ ބައްޕަގެ ރޯލަށް އަމީތާބް ބަޗަން ފެނިގެންދާނެ ކަމަށް މަައުލޫމާތު ލިބެއެވެ.

ދެ ބަޔަކަށް ގެނެސްދޭން ނިންމާފައިވާ މި ފިލްމްގައި ބޮކްސިންގ ތަޅާމީހެއްގެ ރޯލުން ޓައިގާ ޝްރޮފް ފެންނަ އިރުގައި މި ފިލްމް ކުރިން ގެެނެސް ދިނުމަށް ތާވަލް ކޮށްފައި އޮތީ ޑިސެމްބަރު 3 ކަށެވެ. ނަމަވެސް ފިލްމް އަވަސް ކުރިކަން ވަނީ ސޯޝަލް މީޑިއާގައި މިހާރު ހިއްސާކޮށް ކަށަވަރު ކޮށްދީފައިއެވެ.

 

View this post on Instagram

 

A post shared by Tiger Shroff (@tigerjackieshroff)

މި ފިލްމުގެ ލީޑް ރޯލުން ޓައިގާ އާއެކު ފެނިގެން ދާނީ ކްރިތީ ސެނޮން އެވެ. މީގެ ކުރިން އެދެމީހުން ވަނީ އެކުގައި ފެނިގެން ގޮސްފައިއެވެ. އެއީ ޓައިގާއާ އެކީ 2014 ގެ "ހީރޯޕަންތީ" އިން ބޮލީވުޑަށް ތައާރަފްވި ފިލްމްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.