ކޯލިޝަން މަޝްވަރާ: އެމްއާރުއެމްއިން ގޮތެއް ނިންމާނީ މައުމޫން ވަޑައިގަތުމުން

ކޯލިޝަން މަޝްވަރާ: އެމްއާރުއެމްއިން ގޮތެއް ނިންމާނީ މައުމޫން ވަޑައިގަތުމުން

Author
ޢަލީ އާދަމް
23 ފެބްރުއަރީ 2023 03:19
0

އަންނަ ރިޔާސީ އިންތިހާބުގައި، ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމާމެދު މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން ގޮތެއް ނިންމާނީ އެޕާޓީގެ ޒަޢީމް ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް އެނބުރި މާލެ ވަޑައިގަތުމުންކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

ތާއީދަށް އެދިވަޑައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑެޓު ރައީސް ޞާލިޙުގެ ސިޓީއެއް އެމްއާރުއެމްއަށްވެސް ލިބިފައިވެއެވެ. އެސިޓީއާ މެދު ގޮތެެއް ނިންމުން އެހައި އަވަސް ކުރަންޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް ބައެއް މީޑިއާތަކުން ސުވާލުކުރުމުން އެމްއާރުއެމްއިން ބުނެފައިވެއެވެ. ތާޢީދުކޮށްދިނުމަށް އެދި ރައީސް ޞާލިޙު އެމްއާރުއެމްއަށް ސިޓީފުޅެއް ފޮނުއްވީ މިދިޔަ މަހުގެ 31ވަނަ ދުވަހުއެވެ.

އެމްއާރުއެމްގެ ޒައީމް މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައިކަމަށްވާތީ އަދި އެޕާޓީން ވަނީ ރައީސް ޞާލިޙުގެ ސިޓީފުޅާމެދު ވަކިގޮތެއް ނުނިންމާކަމަށާ، ޒައީމް ވަޑައިގެންނެވީމާ، ކައުންސިލާ މަޝްވަރާ ކުރެއްވުމަށްފަހު ގޮތެއް ނިންމާނެކަމަށް އެމްއާރުއެމްއން ބުނެއެވެ.

އެމްއާރުއެމްގެ ޒައީމް ކުރީގެ ރައީސް މައުމޫން މިވަގުތު ހުންނެވީ އަމިއްލަފުޅު ދަތުރުފުޅެއްގައި މެލޭޝިއާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.