"ދަ ނައިޓް މެނޭޖަރު" ވަރަށް ސަޅި

"ދަ ނައިޓް މެނޭޖަރު" ވަރަށް ސަޅި

Author
ފާތިމަތު ނާވީ
23 ފެބްރުއަރީ 2023 05:23
0

ޓޮމް ހެޑެލްސްޓޮންގެ ފިލްމު "ދަ ނައިޓް މެނޭޖާ"ގެ ހިންދީ ރިމޭކް ފޭނުންނަށް ވަރަށް ކަމުގޮއްސި އެވެ.

މި ވެބް ސީރިޒް އަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން މިހާރު ސްތްރީމް ކުރަމުންދާ ވެބް ސީރީޒްއެކެވެ. މީގެ މައިގަޑު ރޯލުތަކުން ފެނިގެންދަނީ އަދިއްތިއާ ރޯއީ ކަޕުރު އާއި އަނިލް ކަޕޫރު އެވެ.

މި ވެބް ސީރިޒްގައި މައިގަނޑު ގޮތެއްގައި ހުރިހާ އެންމެގެންގެ އެކްޓިންވެސް ވަރަށް ރަނގަޅު ކަމަށާއި ނަމަވެސް ހާއްސަ ކޮށް އަދިއްތިޔާގެ އެކްޓިން ފާހަގަ ކޮށްލެވޭ ހާ މޮޅު ކަމަށް ގިން ބަޔަކު އިއްތިފާގު ވެއެވެ.

އަނިލް އާއި އަދިތުޔާގެ ވަރުގަދަ ކުރިމަތިލުންތަކެއް މި ސީރީޒްގައި ފެނިފައި ވެއެވެ. އަދި އެޕިސޯޑަކަށް ފަހު އެޕިސޯޑެއް ބަލަމުން ގޮސް ހުރިހާ އެޕިސޯޑެއް ބަލާ ނިންމާލެވޭއިރު ވެސް ވަގުތުދާ ވަރެއް ވެސް ނޭނގޭހާ ޝައުގުވެރި އެވެ.

 

ސަންދީޕް މޯދީ ޑައިރކްޓް ކުރި މި ސީރީޒްގެ ކާސްޓުގައި  ސޮބީތާ ދުލިޕާލާ، ޓިލޮތާމާ ޝޯމް، ސަސްވަތާ ޗެޓަޖީ، ރަވީ ބޭލް، އަރިސްތާ ސިންގް މެހެތާ، އާކާޝްދީޕް ސަބީރް، ޝްރެނިކް އަރޯރާ އަދި ރޭޝް ލާމްބާ ހިމެނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުދުހުދު
ތިބުނީ ވަރަށް ފޮނި ކަނޑާ ވާހަކަތޯ؟ ޒަމާނުއްސުރެ "ސަޅި"އެއީ ހަޤީޤަތެއް ނެތް ފޮނި ކެނޑުމަށް ބޭނުންކުރާ ބަހެއް.އާނ އާނ ތިބުނަނީ ބަސްފޮތުގައިވެސް މިހާރު އެބަސް ހިމަނާފައި އޮތް ވާހަކަދޯ؟ ފަންގިފިލާއަށް ބުރިވެސް ލިޔުނީތާ ހިނގާރަށް ދުވާރު ވެސް ލިޔުނީތާ!މިކަހަލަ އެތައް ބަހެއް!!!