މުމްބާއީގައި ރޭ ބޭއްވި މިއުޒިކް ފެސްޓިވަލެއްގައި ސަޕޯޓަރުން ސެލްފީ ނަގަން އެދުމުން އެކަމާއި އިންކާރު ކުރުމުން ބޮލީވުޑްގެ މަޝްހޫރު ލަވަ ކިއުންތެރިއާ ސޯނޫ ނިގަމް އަށް ހަމަލާ ދީފިއެވެ.
ސޯނޫ ނިގަމްއަށް އަނިޔާކުރުމުގެ އިތުރުން އޭނާގެ ޓިމުގައި ހިމެނޭ މެބްރަކު ސްޓޭޖުން ގައި ހުއްޓައި ވަނީ، ސްޓޭޖުން އެއްލައިލައިފައިއެވެ. ޗެމްބޫރުގައި ރޭ 11:00 އެހާކަންހާއިރު ސޯނޫ ނިގަމް ލައިވް ޕާފޯމަންސަށް ފަހު ސްޓޭޖަށް އަރައި ހުއްޓައި ދިން މި ހަމަލާގައި އޭނާ އަށް މާބޮޑޫ އަނިޔާއެއް ނުލިބެއެވެ. އަދި ހަމަ އެހެންމެ ސްޓޭޖުން އެއްލާލީ މީހާ އަށް ވެސް ހޮސްޕިޓަލް ގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައިއެވެ.
"އަހަރެން ތަޅައިގަތުމުން އަހަރެން ސިޑިން ވެއްޓުނު. އަހަރެން ސަލާމަތްކުރަން (ބޮޑީގާޑް) ރަބްބާނީ (ޚާން) އައިސް ފަހަތުން ދަމައިގަތީ. ސެލްފީއެއް ނަގަން މީހަކަށް މަޖުބޫރު ކުރާއިރު އެކަމާ މެދު ރައްޔިތުން ވިސްނަން ޖެހޭތީ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސޯނޫ ނިގަމް ބުންޏެވެ.
މި މައްސަލަ ވަގުތުން އޭނާ ވަނީ ފުލުހުންނަށް ހުށައަޅައިފައިއެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނީ ނުހައްގުން ހިފެހެއްޓުމާއި އަމިއްލަ އިޚްތިޔާރުގައި ގެއްލުމެއް ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށެވެ.
"މި ހާދިސާ ހިނގީ ޗެމްބޫރު ފެސްޓިވަލްގައި ސޯނޫ ނިގަމް ލައިވް ޕާފޯމަންސަށް ފަހު ސްޓޭޖުން ނުކުމެގެން ދަނިކޮށް. ފަހަތުން މީހަކު އޭނާ ހުއްޓުވީ. ލަވަކިޔުންތެރިޔާއާ އެކު ތިބި ދެ މީހަކު އޭނާ އެއްފަރާތް ކުރަން އުޅުމުން އެ މީހާ އެ މީހުން ސިޑިން ތިރިއަށް ވައްޓާލީ. އޭގެ ސަބަބުން އެކަކަށް އަނިޔާވި،" ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) ހެމްރާޖް ސިންގް ރާޖްޕޫތު ވިދާޅުވި އެވެ.
ޑީސީޕީ ވިދާޅުވީ އެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހަކީ ސްވަޕްނިލް ފަޓޭރްޕެކަރް ކަމަށެވެ. އެ ކުއްޖާއާ ބެހޭ ގޮތުން ސުވާލު ކުރުމުން އެއީ އެމްއެލްއޭ ޕްރަކާޝް ފަޓޭރްޕޭކަރްގެ ދަރިއެއްކަން އެނގުނު ކަމަށް ނިގަމްގެ ޝަކުވާގައި ވެ އެވެ. ނަމަވެސް ފުލުހުން ވަނީ އެ ކަމަށް ސިޔާސީ އެއްވެސް އެންގަލްއެއް ނެތް ކަމަށް ބުނެފަ އެވެ.
ސޯނޫ ނިގަމް އަކީ ބޮލީވުޑްގެ ގިނަ ފިލްމް ތަކަކަށް ލަވަކިޔައިފައިވާ އާންމުގެ މެދުގައި އަދިވެސް ވަރަށް މަގުބޫލު ލަވަ ކިއުންތެރިއެކެވެ. މިހާރު ވެސް އޭނާގެ ލަވަތަކަކީ ގިނަ ބަޔަކު އަޑުއަހާ ލަވަ ތަކެއްވެސް މެއެވެ.
Shocking: Sonu Nigam attacked by goons in music event at Chembur. #SonuNigam pic.twitter.com/MJMan8QMur
— ɅMɅN DUВΞY (@imAmanDubey) February 20, 2023
ކޮމެންޓު ފޮނުވާ