ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަލީ ފަޒާލް ގެ އައު ހޮލީވުޑް ފިލްމް "ކަންދަހާރު" އަންނަ މެއި މަހު ރިލީޒްކުރަން ތައްޔާރުވެއްޖެ އެވެ.
މީގެ ކުރިންވެސް ހޮލީވުޑްގެ ފިލްމް ތަކެއްގައި މަސައްކަތް ކޯށްފައިވާ އެކްޓަރު ގެ އައު ފިލްމް ގެ ލީޑުން ފެނިގެންދާނީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖެރާޑް ބަޓްލާ އެވެ.
"ކަންދަހާރު" އަންނަ މެއި މަހުގެ 26 ގައި ރިލީޒް ކުރަން ތާވަލް ކޮށްފައިވާ އިރުގައި އޭގެ ޓީޒާ ޓްރެއިލާއެއް ވެސް މި ވަނީ ދައްކާލައިފިއެވެ. މި ފިލްމް ގައި ދައްކުވައިދެނީ އެމެރިކާގެ އިންޓެލިޖެންސް އޮފިސަރަކު، އަފްގާނިސްތާނުގައި ތާށިވެ ދިމާވާ ހާދިސާތަކެކެވެ.
ރިކް ރޯމަން ޑައިރެކްޓުކޮށްފައިވާ މި ފިލްމްގެ ކާސްޓުގައި އޮލީވިއާ-މާއީ ބެރެޓާއި ޓްރާވިސް ފިމެލްގެ އިތުރުން ނީނާ ޓުސައިންޓް-ވައިޓް ވެސް ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ