މާ މަޝްހޫރު ނޫން ތަރިން ތަކެއް ފެނިގެންދާ ފިލްމް "އިންކާ" ގެ ޓްރެއިލާ އެއް ދައްކައިލައިފިއެވެ.
ފަސްޓްލުކް ޕޯސްޓަރާއި އެކުގައި ބަތަލާ ރިތިކާ ސިންގް ލީޑް ރޯލުން ފެނިގެންދާ "އިންކާ" ގެ ޓްރެއިލާ ލޯންޗް ކޮށްފައިވަނިީ މިދިއަ ހުކުރު ދުވަހުގައިއެވެ. މި ޓްރެއިލާ އަކީ ވަރަށް ޝައުގުވެރި އަދި ވިސްނުމަށް ހިތްވަރުދޭ ޓްރެއިލާ އެކެވެ. ފިލްމުގެ ސްޓޯރީލައިނަކީ ވަރަށް ހިތްގައިމު އަދި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ސީޓުގައި ހިފަހައްޓައިގެން އިންނަން ޖެހޭފަދަ ފިލްމް އަކަށް ވާނެ ކަމަށް ފިލްމްގެ ޕްރޮޑިއުސަރުން ބުނެއެވެ.
މި ކިޑްނެޕިން ތުރިލާ ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މާޗް މަހުގެ ތިން ވަނަ ދުވަހު އެވެ. "އިންކާ" ޕްރޮޑިއުސްކުރަނީ އަބޭ ޑިއޯލްގެ "ނާނޫ ކީ ޖާނޫ" އާއި ގޯވިންދާގެ "ފްރައިޑޭ" ގެނެސްދިން ޕީވީއާރް ޕިކްޗާސްއެވެ.
މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ހަރްޝް ވަރްދަންއެވެ. "އިންކާ" އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. ހަރްޔާނާ ސްޓޭޓުގައި އުޅެމުން ދިއަ ކުއްޖަކު ވަގަށް ނެގުމުން އެ އަންހެން ކުއްޖާ ސަލާމަތް ވުމަށް ކުރާ ކަންތަށް ތަކެއް ދައްކުވައިދޭ މި ފިލްމް ގެ މަންޒަރުތައް ނަގާފައި ވަނީ ހިނގަމުން އަންނަ ކާރެއްގަ އެވެ.
މި ފިލްމްގައި މުހިއްމު ރޯލުތައް ކުޅެފައި ވަނީ ރިތިކާ ސިންގް ގެ އިތުރުން މަނީޝް ޖަންޖޯލިއާ، ސަންދީޕް ގޯޔަތު، ސުނިލް ސޯނީ އަދި ގިޔާން ޕްރަކާޝް އެވެ.
ކޮމެންޓު ފޮނުވާ